June 22, 2026 14:33
Advertisement

-Advertisement-

ކެއުމުގައި ކޮންމެހެން ހިމަނަންވީ ފަތުގެ ބާވަތްތައް އަދި ސަބަބު!

ތަފާތު ވައްތަރުގެ ފަތަކީ އަމިއްލަ ގޭގައިވެސް ފަސޭހައިން ހައްދާލެވޭނެ ބާވަތެކެވެ. ބާޒާރުން އަގުބޮޑުކޮށް ގަތުމުގެ ބަދަލުގައި ރަށްރަށުގައި ދިރިއުޅޭ މީހުން ނުވަތަ އަމިއްލަ ގޭގައި ޖާގަ ހުރި މީހުން އިސްކަންދޭންވީ ވީހާވެސް ގިނަ ބާވަތްތަކުގެ ފަތް ހައްދައި ތާޒާކޮށް ކެއުމުގައި ބޭނުންކުރުމަށެވެ.

ސްޕިނެޗް:

ސްޕިނެޗް އަކީ ސޫޕް، ބިސްގަނޑު، ސެލަޑް، ޕާސްތާ އަދި ސޭންޑްވިޗް ތައްޔާރުކުރުމަށްވެސް ބޭނުންކުރެވިދާނެ އާންމުކޮށް ގަންނަން ލިބެން ހުންނަ ފަތެކެވެ. މިއީ އަޔަން، 'ވިޓަމިން ކޭ' ހިމެނޭ ކެއުމުގައި ބޭނުންކުރަން މުހިންމު ފަތެކެވެ.

Advertisement

 

މުރަނގަ ފަތް:

މުރަނގަފަތަކީ އާންމުކޮށް ދިވެހިރާއްޖޭގައި ހައްދަމުން އަންނަ އެކި އުމުރުގެ މީހުންވެސް ކެއުމުގައި ބޭނުންކުރަމުން އަންނަ ފަތެކެވެ. ތެލުލައިގެން އަދި ރިހަކައްކައިގެން ނުވަތަ މަސްހުނި ހަދައިގެންވެސް ކެއުމުގައި މިފަތް ބޭނުންކުރެއެވެ. ގިނަ އަދަދެއްގެ ފައިދާ ހިމެނޭ މުރަނގަފަތުން ޕައުޑަރވެސް ތައްޔާރުކުރެވިދާނެއެވެ.

ހިކަނދިފަތް

ހިކަނދިފަތަކީ ގިނަ އަދަދެއްގެ ކާއެއްޗެހި ތައްޔާރުކުރުމަށް ކޮންމެހެން މުހިންމު އެއްބާވަތެވެ. މިއީވެސް ހަށިގަނޑަށް ފައިދާހުރި ފަތްތަކުގެ ތެރޭގައި ހިމެނޭ ފަތެކެވެ. އެކަމަކު ބައެއް މީހުން ކާއެއްޗެހި ތައްޔާރުކުރުމަށް މި ފަތް ބޭނުންކުރިއަސް ކާގަޑީގައި ތަށީގެ އެއްފަރާތުގައި ހިކަނދިފަތް ބާއްވާތަން ފެނެއެވެ.

ދިގުތިޔަރަފަތް

ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި މާބަނޑުވުމަށްފަހު ކުރިމަތިވާ ލޭމަދުވުން ރަނގަޅުކޮށްދީ ވަރުބަލިކަން ފިލުވައިލުމަށް މިފަތް ކެއުމުގައި ބޭނުންކުރެއެވެ. އަދި ފަންގަސް އާއި ޕެރެސައިޓް ފަދަ ޖަރާސީމުގެ ސަބަބުން ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާކުރުމުގައި ދިގުތިޔަރަފަތް ބޭނުންކުރާކަމަށްވެއެވެ. ބަނޑުހިކުމުގެ އުދަނގުލާއި ބަނޑުގައިހެދޭ ފަނި ނައްތާލުމަށް އަދި ބަނޑުގެ ރިހުން ރަނގަޅުކުރުމަށް މިފަތް ކުރީޒަމާނުގައި ބޭނުންކޮށްފައިވެއެވެ.

' ދަ ޑޮކްޓަރސް ކިޗަން' ގައި ފާހަގަކޮށްފައިވާ ގޮތުގައި ފައިދާ ހުރި ފަތް ކެއުމުގައި ބޭނުންކުރުމަކީ ސިކުނޑިއަށް އަދި ހިތުގެ ބަލިތަކަށްވެސް ދެވޭ ފަރުވާއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި 100 ގްރާމްގެ ސްޕިނެޗް ފަދަ ފަތް ބޭނުންކުރާނަމަ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުންފަދަ ސިއްހީ ހާލަތްތަކާއި 25 އިންސައްތަ ދުރުވުމުގެ ފުރުސަތު އޮވެއެވެ.

އަދި ފަތް ގަވާއިދުން ކާނަމަ ހަނދާން ވަރުގަދަކޮށްދީ ކިޔެވުމަށްވެސް އެހީތެރިކަމަކަށް ވެއެވެ. މީގެއިތުރުން ހަށިގަނޑު ހެލިފެލިވުމަށްވެސް އެހީތެރިކަމަކަށްވެދެއެވެ. ބަނޑުހަރުވުމާއި ދުރުކޮށް ހަޖަމުވުމަށް އެހީތެރިވެދޭ ބާވަތަކަށް ފަތްވެގެންދެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް