ބޭނުންވާ ތަކެތި:
500 ގްރާމް ފުށް
2 ސައިސަމުސާ ލޮނު
300 މިލިލީޓަރު ތާފަނާ ކިރު
20 ގްރާމް އީސްޓް
60 ގްރާމް ބަޓަރު
100 ގްރާމް ބޭކިންގސޮޑާ
1 ލީޓަރު ފެން
ތައްޔާރުކުރާނެ ގޮތް:
ތައްޓަކަށް ފުށާއި ލޮނު އަޅާފައި އެއްކޮށްލާށެވެ. އަދި ދެވަނަ ތަށީގައި ކިރާއި އީސްޓް ރަނގަޅަށް ގިރާލާފައި ބަހައްޓާށެވެ.
ފުށުގެތެރެއަށް ގިރާފައި ހުރި ކިރާއި އީސްޓް އަޅާލާށެވެ. ރަނގަޅަށް އެއްކުރުމަށްފަހު، ބަޓަރުކޮޅު އަޅައިގެން ގާތްގަނޑަކަށް 10 މިނެޓު ވަންދެން މޮޑޭށެވެ. (މިކްސަރު ބޭނުންކުރާނަމަ 8 މިނެޓު ވަންދެން އެއްކުރާށެވެ.)

މޮޑުނު ފުށްގަނޑު މަތިޖަހާފައި، އޭގެ ސައިޒަށްވުރެ ދެގުނަ ބޮޑުވަންދެން އެއްގަޑިއިރު ބަހައްޓާށެވެ.
އަވަން 200 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރަން ޖައްސާށެވެ.
ފުށްގަނޑު 12 ބަޔަށް (ކޮންމެ ބަޔެއްގައި ގާތްގަނޑަކަށް 70-75 ގްރާމް ހުންނަވަރަށް) ބަހާލުމަށްފަހު ގުޅަ ތައްޔާރުކުރާށެވެ.
އެއަށްފަހު ބޮޑު ތެއްޔަކަށް ފެންއަޅައި ކައްކަން އުދާށެވެ. ފެންކެކެން ފެށުމުން ބޭކިންގ ސޮޑާކޮޅު އޭގެ ތެރެއަށް އަޅާށެވެ.
ކެކިކެކި ހުރި ފެންގަނޑުގެ ތެރެއަށް ފަހަރަކު 3 ނުވަތަ 4 ފުށްގުޅަ މަޑުމަޑުން ލުމަށްފަހު، 10 ސިކުންތުވަންދެން މަޑުކުރާށެވެ. އެއަށްފަހު ފުރޭންޏެއް ބޭނުންކޮށްގެން ގުޅަތައް ނަގައި، ބޭކިންގ ޝީޓެއްގެ މަތީގައި އަތުރާލާށެވެ.
ހުރިހާ ގުޅައެއް ފެނަށްލާ ނިމުމުން، ވަޅިއަކުން އޭގެ މަތީގައި ރޮނގެއް ދަމާލުމަށްފަހު އަވަނުގައި 20 މިނެޓު ވަންދެން ފުށްގުޅަތަކަށް މުށިކުލައަރަންދެން ފިހެލާށެވެ.
މަސްދަރު: ހެލްވެޓިކްކިޗެން













