June 13, 2026 00:03
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ކްރީމީ ޗޮކްލެޓް ބްރެކްފާސްޓް ސްމޫތީ

ސިއްހަތަށް ފައިދާހުރި ނާސްތާއެއް ތައްޔާރުކުރަން ބޭނުންވިޔަސް، ހެނދުނުގެ ކަންނެތްކަމާއި ވަގުތު ނެތުމުގެ ސަބަބުން ގިނަ ފަހަރަށް ކެއްކުމަކީ ބައެއް މީހުންނަށް ބޮޑު ކަމަކަށް ވެގެންދެއެވެ. ނަތީޖާއަކީ ފަސޭހައަކަށް ބަލާފައި ސިއްޙަތާއި ނުގުޅޭ އެއްޗެހިން ބަނޑު ފުރާލުމެވެ. ​މި ކަމުގެ ހައްލަކީ އެންމެ މިނެޓަކުން ތައްޔާރުކޮށްލެވޭ މި "ކްރީމީ ޗޮކްލެޓް ބްރެކްފާސްޓް ސްމޫތީ" އެވެ! އެވޮކާޑޯ އާއި ކަދުރާއެކު ބްލެންޑްކޮށްލާ މި ބުއިމަކީ، އެއްވެސް އުނދަގުލަކާ ނުލައި ދުވަހުގެ މެދާ ހަމައަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެ، ޗޮކްލެޓް ރަހައިން ފުރިގެންވާ ފުރިހަމަ ނާސްތާއެކެވެ.

ބޭނުންވާ ތަކެތި:

​½ އެވޮކާޑޯ (މަޑު)

Advertisement

​1 މޭޒުމަތީ ސަމްސާ ޑާކް ކޮކޯ ޕައުޑަރު (ނުވަތަ ކަކާއޯ ޕައުޑަރު)

​2 ކަދުރު

​1 ސައިސަމްސާ ޗިއާ ސީޑްސް

​1 ޖޯޑު ކިރު

​¼ ސައިސަމްސާ ފޮނިތޮށި

​ކުޑަ ލޮނުކޮޅެއް

އައިސް ކިއުބްސް (އިޚްތިޔާރީ އެއްޗެއް - ފިނިކޮށް ބޯލަން ބޭނުންނަމަ)

​ތައްޔާރުކުރާނެ ގޮތް:

​ކަދުރުތައް ހަރުކޮށް ހުރިނަމަ، ބްލެންޑް ކުރަން ފެށުމުގެ 5 މިނެޓް ކުރިން ⅓ ތަށި ހޫނުފެން ފޮދެއްގެ ތެރެއަށްލާފައި ބަހައްޓާށެވެ. މިއީ ކަދުރުކޮޅު މަޑުވެ، ސްމޫތީ އިތުރަށް އޮމާންވުމަށް އެހީވެދޭނެ ކަމެކެވެ.

​ބްލެންޑަރަށް އެވޮކާޑޯ، ކޮކޯ ޕައުޑަރު، ކަދުރު ފެނާއި އެކީ، ފޮނިތޮށި، ޗިއާ ސީޑްސް އަދި ކުޑަ ލޮނުކޮޅު އެއްކޮށް އަޅާލާށެވެ.

​އެއަށްފަހު ކިރު ޖޯޑު (އަދި ބޭނުންނަމަ އައިސް ކިއުބްސް) އެޅުމަށްފަހު، މުޅިން އޮމާންވެ އޮލަކަމެއް އަންނަންދެން 60 ސިކުންތު ވަންދެން ބްލެންޑް ކޮށްލުމުން މި ސްމޫތީ ތައްޔާރުކޮށް ނިމުނީއެވެ.

މި ސްމޫތީގައި ހިމެނޭ ކޮކޯ އަދި ކަދުރުގެ ފޮނި ރަހަ އިތުރަށް ފާޅުކޮށްދެނީ އޭގެތެރެއަށް އަޅާލާ ކުޑަ ލޮނުކޮޅެވެ. މިއީ ރެސްޓޯރަންޓްތަކުން ތައްޔާރުކުރާ ފަދަ މީރު ރަހައެއް ގެނެސްދޭނެ ސިއްރެކެވެ.

​މުހިންމު ނުކުތާތައް:

​ކިރުގެ ބަދަލުގައި އަންސްވީޓެންޑް އާމަންޑް މިލްކް ނުވަތަ އޯޓް މިލްކް ބޭނުންކޮށްގެން ކެލޮރީސް އަދި ހަކުރުގެ މިންވަރު އިތުރަށް ދަށްކުރެވިދާނެއެވެ.

ޕްރޮޓީން ބޫސްޓް: މި ބުއިމުގައި ޕްރޮޓީންގެ މިންވަރު އިތުރަށް މަތިކޮށްލަން ބޭނުންނަމަ، 1 ޖޯޑު ކިރުގެ ބަދަލުގައި ½ ޖޯޑު ކިރު އަދި ½ ޖޯޑު ގްރީކް ޔޯގަޓް އެއްކޮށްލާށެވެ. މިއީ ސްމޫތީ އިތުރަށް އޮލަކޮށްދީ، ބޭނުންވާ ޕްރޮޓީންގެ މިންވަރު ހަށިގަނޑަށް ފޯރުކޮށްދޭނެ އެންމެ ފުރިހަމަ އެއް ގޮތެވެ.

​ނިއުޓްރީޝަންގެ މިންގަނޑުތައް (1 ބޮޑު ތަށި - ފުލް ކްރީމް ކިރު އަދި ޗިއާ ސީޑްސް ހިމަނައިގެން)

ހަކަތަ: 434 ކެލޮރީސް

ޕްރޮޓީން: 11.8ގ

ކާބޯހައިޑްރޭޓް: 49ގ

ފައިބަރ: 10ގ

ހެލްތީ ފެޓްސް: 21ގ

އެޑެޑް ޝުގާސް:

​މި ބުއިން ސިއްހަތަށް ފައިދާހުރީ ކީއްވެ؟

މި ސްމޫތީއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު "ނިއުޓްރިއެންޓްސް" އިން ފުރިގެންވާ ބުއިމެކެވެ. އެވޮކާޑޯއިން ލިބޭ ހެލްތީ ފެޓްސްއަކީ ހިތުގެ ދުވެލި ދުޅަހެޔޮކޮށްދީ ސިކުނޑީގެ މަސައްކަތްތަކަށް ބާރުދޭ މާއްދާއެކެވެ. މީގެ އިތުރުން، ޗިއާ ސީޑްސް އާއި ކަދުރުން ލިބޭ މުއްސަނދި ފައިބަރުގެ ސަބަބުން، ހަށިގަނޑުގެ ހަޖަމްކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ހަކުރު މައްޗަށް ދިޔަނުދީ އެއްވަރެއްގައި ހިފަހައްޓައެވެ. ފުލް ކްރީމް ކިރު ބޭނުންކުރުމުން ކަށިތަކަށް ބޭނުންވާ ކެލްސިއަމް އާއި މުހިންމު ޕްރޮޓީން ލިބި، ދުވާލުގެ މެދާ ހަމައަށް ބަނޑުފުރިފައި ހުރުމުގެ އިހުސާސް ގެނެސްދޭނެ އެންމެ ފުރިހަމަ "އެނާޖީ ބޫސްޓް" އަށް މި ބުއިން ވެގެންދެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް