June 10, 2026 01:06
Advertisement

-Advertisement-

ހާދިސާ: ބޮސްގެ ނަން ނިދީގައި 3 ފަހަރު، މިވަނީ ކިހިނެއް؟

ލޯބީގެ ސިއްރު ގުޅުންތަކާ ބެހޭގޮތުން ވާހަކަދައްކާއިރު، އެފަދަ ކަންކަން ފެށިގެން އަންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ޝައްކުކުރެވޭނެ ފަދަ އެއްވެސް ކަމެއް ފެންނާކަށް ނޯވެއެވެ. ގަމީހުގެ ގިރުވާނުގައި ލިޕްސްޓިކްގެ ނިޝާނެއް ނުވަތަ ފޯނުން ފެންނަ ޝައްކުކުރެވޭ ފަދަ މެސެޖެއް ވެސް ގިނަ ފަހަރަށް ނޯވެއެވެ. ބަދަލުގައި ފެންނަނީ، މާ ލަސްވާފަހުން އޮފީހުގެ ބޮސް ގުޅުމާއި، "މި ނިންމާލަނީއޭ" ބުނެ އަނބިމީހާ އޮފީހުގައި ހޭދަކުރާ އިތުރު ވަގުތުތަކެވެ. މިކަމުގެ ސަބަބުން ހިތުގައި އުފެދޭ ވަސްވާސްތަކަކީ ތިމާގެ ހީވާ ހީވުމެއް ކަމަށް ބަލައިގެން ދުވަސްތައް ހޭދަކުރެއެވެ.

ނަމަވެސް، ކޮންމެވެސް ހިސާބަކުން މި ކަންކަމުގެ ހަގީގަތާ ކުރިމަތިލާންޖެހެއެވެ. މި ހާދިސާގައި ވެސް ދިމާވީ އެފަދަ ކަމެކެވެ.

ދަންވަރު ތިނެއް ޖެހިއިރު، ނިދީގައި އަނބިމީހާ އޭނާގެ ބޮސްގެ ނަން ތިން ފަހަރަށް ގޮވިއެވެ. އެ ވަގުތުން ފެށިގެން ފިރިމީހާގެ ލޮލަކަށް ނިންޖެއް ނައެވެ. ހަތް އަހަރުވީ ކައިވެނީގައި، އޭނާ އެއްގޮތަކަކަށްވެސް ކުރަން ބޭނުންނުވާ ސުވާލުތަކެއް ހިތުގައި އުފެދުނެވެ. "މިހާ ދުވަސް ވަންދެން އަހަރެންގެ ހިތް ބުނަމުންދިޔަ ވާހަކައަކީ ތެދެއް ހެއްޔެވެ؟"

Advertisement

މި ކަމަކީ ދިރިއުޅުމާ ގުޅުންހުރި، އަދި އެހެން މީހަކާ ހިއްސާކުރަން ދަތި ކަމެއް ނަމަވެސް މިކަމުގައި ތަފާތު ނަޒަރަކުން ވިސްނާލުން ވަރަށް މުހިންމު ވިއެވެ. ސިކުނޑީގައި މި ޚިޔާލުތައް އެނބުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

އަހަރެމެން ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ މިހާރު ހަތް އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ދެމީހުން އެކުގައި ވަރަށް ވަރުގަދަ ބިންގަލެއްގެ މަތީގައި އާއިލީ ދިރިއުޅުމެއް ބިނާކުރީމެވެ. ނަމަވެސް، ވަޒީފާއާއި މަސައްކަތާ ގުޅޭގޮތުން ދެމީހުންގެ މެދުގައި އަބަދުވެސް ޚިޔާލު ތަފާތެވެ.

އަހަރެން އަބަދުވެސް ބޭނުންވީ ގެއަކީ ހަމަޖެހޭ، އާއިލީ ވަގުތުތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށެވެ. އެކަމަކު އެއާއި ޚިލާފަށް އަހަރެންގެ އަންހެނުންނަކީ ވަޒީފާގެ ކުރިއެރުމަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެކެވެ. ކައިވެނީގެ ކުރިން ވެސް އޭނާގެ މި މިޒާޖު އޮތީ ސާފުކޮށް ކިޔައިދީފައެވެ. އެކަން ގަބޫލުކޮށް، އެކަންކަމަށް އިޙްތިރާމްކުރާ ހާލު ކައިވެނިކުރީމެވެ.

އަނބިމީހާގެ ބުރަ މަސައްކަތުން، ވަޒީފާއަދާކުރާ ކުންފުނީގެ 'ހެޑް އޮފް އެޗް.އާރް'ގެ މަގާމަށް އޭނާ ޕްރޮމޯޓްވިއެވެ. ނަމަވެސް، ދިރިއުޅުމުގެ ކަންކަމަށްވުރެން އޭނާ އިސްކުރީ ވަޒީފާގެ ކަންކަމެވެ.  

ވަގުތުން ނިންމަންޖެހޭ މަސައްކަތްތައް ރަސްމީގަޑިން ބޭރުން ކުރުމުގައި ގިނަވަގުތު ހޭދަކުރުމާއި "މުހިންމު" އީމެއިލްތައް ދަންވަރު ފޮނުވުމާއި، ހަފުތާ ބަންދުގައި އާއިލީ ވަގުތުތަކަށް ހުރަސްއެޅޭ ފަދަ ފޯނު ކޯލްތައް އާންމުވިއެވެ. މި ހުރިހާ ކަންތައްތައް ކުރުވަނީ އޭނާގެ އޮފީހުގެ އެންމެ އިސްމީހާގެ އެންގުމަށްކަމަށް ބުނަމުންނެވެ.

ކަން މިހެންހުރުމުގެ ސަބަބުން، އަމިއްލަ ގޭގައި އަހަރެންނަކީ މުހިންމު މީހެއް ނޫންކަމުގެ އިހްސާސެއް ކުރެވެން ފެށިއެވެ. އަނބިމީހާ އަހަރެންނަށް ދޭންޖެހޭ ސަމާލުކަން ކުޑަވިއެވެ. އަހަރެންނަކީ ގޭގައި އެއްވެސް އަޅާލުމެއްނެތި ހުންނަ މީހަކަށްވިއެވެ.

އަހަރެން ވިސްނައިގެން ހުރީ ދުވަސްކޮޅެއް ފަހުން މިކަންކަން ހަމައަކަށް އެޅިދާނެކަމަށެވެ. މިގޮތަށް ވިސްނައިގެން ދެއަހަރު ކެތްކުރީމެވެ. ނަމަވެސް، ދިމާވި ކަމަކުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.

ނިދީގައި އޮވެގެން  އޭނާގެ ބޮސްގެ ނަމުން ގޮވަން ފެށުމުން އަހަރެން އޭނާއަށް ގޮވާ ހޭލެއްވީމެވެ. ހައިރާންވެފައި އިރުކޮޅަކު ހުރުމަށްފަހު ކުއްލިއަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ ބުންޏެވެ، އަހަރެން ހެދީ ދޮގެއް އޭނާ... އެހިސާބުން ހުއްޓާލިއެވެ. ހީވަނީ އޭނާގެ ކައިރީގައި އޮތީ އަހަރެންކަން ކުއްލިއަކަށް ހަނދާންވީ ހެންނެވެ.

އެ ބުނި އެއްޗެއްގެ މާނައަކީ ކޮބައިތޯ އަހަރުން އެހުމުން ބުނީ އެއީ މަސައްކަތުގެ މާހައުލުގެ ޕްރެޝަރުގެ ސަބަބުން ބުނެވުނު އެއްޗެއް ކަމަށެވެ. އަދި އަހަރެން މާބޮޑަށް ވިސްނަނީ ކަމަށް ބުނެ، އަނެއް ފަރާތަށް އެނބުރި ނިދައިފިއެވެ. އެރެއަށްފަހު އަހަންނަށް ހަމަނިދި ނުލިބެއެވެ. ނިދީގައި ދައްކާ ވާހަކައަކީ ކުށަކަށް އިއުތިރާފުވުން ކަމުގައި ނުބެލެވޭނެކަން އަހަންނަށް އެނގެއެވެ. ނިދީގައި ތަފާތު ކަންތައްތައް ކުރެވޭނެކަން ވެސް ގަބޫލުކުރެވެއެވެ. ނަމަވެސް، އެއީ ހަމަހުރެފައި ބުނެވުނު ބަސްތަކެއް ނޫންކަންވެސް އެނގެއެވެ. ވަކި މީހެއްގެ ނަން ކިޔައި، "އަހަރެން ހެދީ ދޮގެކޭ" ބުނެ، ވަރަށް މުހިންމު ވާހަކައެއް ބުނަން އުޅުނު ފަދަ ގޮތަކަށް ބުނި ބަސްތަކެކެވެ.

އެއީ އަޅާނުލާ ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫނެވެ. އަދި ކުއްލިއަކަށް ދިމާވި ކަމެއްވެސް ނޫނެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ މީހަކާ ގިނަދުވަސް ވަންދެން ބޭއްވި ގުޅުމަކަށްފަހު ފެންމަތިވި ކަމެކެވެ.

އަހަރެންނަކީ އަނބިމީހާއަށް ޝައްކުކޮށް ހަސަދަވެރިވާ ފިރިއެއް ނޫނެވެ. ދުވަހަކުވެސް އޭނާގެ ފޯނެއް ނުބަލަމެވެ. އެއްވެސް ކަމެއްގައި ޝައްކެއް ނުކުރަމެވެ. އަބަދުވެސް އިތުބާރުކުރަމެވެ. މާބޮޑަށް އިތުބާރުކުރެވެނީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް، މިވަގުތު އަހަރެން މިއިނީ ބުނެދޭން ނޭނގޭ ހާސްކަމެއްގެ ތެރޭގައެވެ. އަހަރެން ގަބޫލުކޮށްގެން ހުރި ކައިވެނީގެ ހަގީގީ ސޫރައަކީ މިއީ ބާވައޭ ހިތަށް އަރައި، އުފެދޭ ބިރުވެރި އިހުސާސެކެވެ. ހުވަފެނެއްގެ ސަބަބުން ހަތް އަހަރުގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، އަހަރެންގެ ކަންފަތަށް އިވުނު ބަސްތަކަކީ ނީވޭ އެއްޗެއް ކަމަށް ހަދައިގެން އުޅެވޭކަށް ވެސް ނެތެވެ.

ކިޔުންތެރިންނަށް:

މަސައްކަތުގެ މާހައުލުގެ ސަބަބުން ކައިވެނީގެ އިތުބާރު ހީނަރުވާން ފެށި ހާލަތެއް، ނުވަތަ ނޭދެވޭ ގުޅުމެއްގެ ސަބަބުން ދިރިއުޅުމަށް ބުރޫއަރާފާނެ ފަދަ ނިޝާންތަކެއް ފެނި، އެކަމާ ކުރިމަތިލާނެ ގޮތެއް ނޭނގިފައިވާ ހާލަތެއް ތިޔަބޭފުޅުންނަށް ދިމާވެފައިވޭތޯ؟ މިފަދަ ކަމެއް ދިމާވެފައިވާނަމަ، ތިޔަބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށްދެއްވާ!

ކައިވެނީގައި މިފަދަ ކަމެއް ދިމާވިނަމަ އަމަލުކުރާނީ ކިހިނެއްތޯ؟ މިއީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްތޯ؟ ނުވަތަ މިއީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން އޭނާއަށް ކުރެވޭ ކުށްހީއެއްތޯ؟

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް