ދަރިފުޅު އަކުރެއް ލިޔަން ނޭނގިގެން ނުވަތަ ފޫހިވެގެން އުޅޭތީ ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟ ނުވަތަ އަބަދު ފޯނަށް ގެއްލިފައި ހުންނާތީ ހިތްހަމަނުޖެހެވޭ ހެއްޔެވެ؟ މައިންބަފައިންގެ ހިތުގައި ހުންނަ މިފަދަ ކޮންމެ ކަންބޮޑުވުމަކީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަންކަމެވެ. ޙަޤީޤަތަކީ، ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރަކާއި ދުވެއްޔެއް ލިބިގެންވާ ޚާއްޞަ ކުއްޖެއްކަމެވެ. އުނގެނުމަކީ އެއްކުއްޖަކު އަނެއްކުއްޖަކާ ވާދަކުރާ ރޭހެއް ނޫނެވެ. ދަރިފުޅަށް ބޭނުންވަނީ ހާސްކަމެއް ނެތް، ލޯބިން ފުރިގެންވާ، މަޖާ މާޙައުލެއްގައި އެކުއްޖެއްގެ ސްޕީޑުގައި ކުރިއަށްދާނެ މަގެކެވެ. "ނޫރުލްބައިތު ފޯކަސް ބޯޑު" ފަރުމާކުރެވުނީ ހަމަ މި މަޤްޞަދުގައެވެ. މިއީ ދަރިފުޅުގެ ތަޢުލީމީ ޙަޔާތް އުފާވެރިކަމާއި ވިސްނުންތެރިކަމާއިއެކު ފަށައިގަންނަން ލިބޭ އެހީއަކަށް ވެގެންދާނެއެވެ.

ފޯކަސް ބޯޑަކީ ކޮން އެއްޗެއް؟
މިއީ ކުދިންނަށް ކުޅެމުން، އުފާވެރި މާޙައުލެއްގައި ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ލާނިންގ ބޯޑުތަކެކެވެ. ފޯކަސް ބޯޑުގެ ފަލްސަފާގެ ނިޒާމަކީ، ދުވާލަކު 10 ނުވަތަ 15 މިނިޓު ވަންދެން މައިންބަފައިންނާއި ކުދިން އެކުގައި އެ ހަފްތާއަކަށް ޚާއްސަ ކުރެވިފައިވާ ބައިތަކަށް އެކަނި ސަމާލުކަންދީ، ތުއްތު ސިކުނޑިތަކަށް ލޯޑުބޮޑު ނުވާނޭހެން އުނގެނުމުގެބައި ކުރިޔަށް ގެންދިޔުމެވެ.
ނޫރުލްބައިތުގެ މި ފޯކަސް ބޯޑުތައް ހެދިފައިވަނީ ކުދިންގެ ޝައުޤުވެރިކަން ދަމައިގަންނާނެ ފަދަ ރީތި ކުލަތަކާއި، ސިކުނޑި ހުޅުވައިދޭނެ ތަފާތު އުކުޅުތައް ހިމަނައިގެންނެވެ. އޭގެތެރޭގައި؛
- ޓްރޭސް ކޮށްގެން އަކުރު ދަސްކުރުން
- އަކުރުތަކުގެ އަޑާއި ޕެޓާންސް ދެނެގަތުން
- ގެއިންނާއި ބޭރުތެރެއިން އާންމުކޮށް ފެންނަ ތަކެތީގެ ކުރެހުންތަކާއި ނަންތަކުން ބަސްކޮށާރު މުއްސަނދިވުން
- ހިސާބު ނަމްބަރުތަކަށް އަހުލިވެރިކުރުވުން
- އާންމުކޮށް ފެންނަ ކުލަތަކާއި ބައްޓަން ދެނެގަތުން

މި ފޯކަސް ބޯޑުތަކުގައި ހިމެނެނީ ދަސްކުރާ 28 ބޯޑާއި މައިލްސްޓޯން 5 ބޯޑެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ފޯކަސްބޯޑުތަކުން ކުދިންނަށް އަކުރުތައް ދަސްކޮށްދެނީ އޭގެ އާދައިގެ ތަރުތީބަކުން ނޫނެވެ. އެއީ ކުދިންނަށް ފަސޭހައިން ވަކިކުރަން އެނގޭ ބައްޓަންތަކަށް (ސްޓްރޯކްތަކާއި ޕެޓާންތަކަށް) ބަލައިގެންނެވެ. ހުރިހާ އަކުރެއް ދަސްވެ ނިމުމުން، ފޮތުގައި ހިމެނޭ 5 މައިލްސްޓޯން ބޯޑު ބޭނުންކޮށްގެން ތަރުތީބުން އަކުރުތައް ބަލާލެވޭނެއެވެ. މީގެ ސަބަބުން ކުއްޖާއަށް "އަހަރެންނަށް މިހާރު ހުރިހާ އަކުރުތަކެއް އެނގެއޭ" ހީވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. އަދި ފާހަގަކޮށްލެވޭ އެއްކަމަކީ، މިބޯޑުތަށް ފަރުމާކުރެވިފައިވަނީ އޭގައި އެއްވެސް މިންވަރަކަށް ޞޫރައެއް ހިމެނޭ ގޮތަކަށް ނޫނެވެ. ޞޫރަ ހުންނާތީ މިކަހަލަ ބޯޑުތަށް ގޭގައި ހަރުކުރުމަށް ފަސްޖެހޭ ބެލެނިވެރިންނަށް މިއީ ވަރަށް ހިތްގައިމު ފުރުޞަތަކަށް ވާނެއެވެ.

ޕްރިންޓް ކުރުމާއި ލެމިނޭޓްގެ ޚަރަދާ މެދު ކަންބޮޑުނުވޭ!
މި ބޯޑުތައް ގަނެގެން އަމިއްލައަށް ކުލަ ޕްރިންޓްކޮށް، ލެމިނޭޓް ކުރަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ބެލެނިވެރިންނަށް ލުއިވާނެ ގޮތްތަކެއް އެބައޮތެވެ!
ބެޗްތަކަކަށް ބަހާލައިގެން ޕްރިންޓްކުރުން: މި ފޮތަކީ A3 އަދި A4 ސައިޒަށްވެސް ޕްރިންޓް ކުރެވޭ އެއްޗެކެވެ. މުޅި ފޮތުގައި ހުންނަނީ 28 ޝީޓެވެ. އެއްފަހަރާ ހުރިހާ އެއްޗެއް ޕްރިންޓް ކުރުމުގެ ބަދަލުގައި، މަހަކު އެންމެ 4 ޝީޓް (ހަފްތާއަކަށް 1 ޝީޓް) ޕްރިންޓް ކޮށްލުމުން ޚަރަދު 6 ނުވަތަ 7 މަހަށް ބަހާލެވިގެންދާނެއެވެ.
ލެމިނޭޓް ޚަރަދަށް ހައްލެއް: ލެމިނޭޓް ކުރުމުގެ ބޮޑު ޚަރަދުން ސަލާމަތްވުމަށްޓަކައި، ޓެމޫ ނުވަތަ އަލީ އެކްސްޕްރެސްއިން ފަސޭހައިން ގަންނަން ލިބޭ ޑްރައި އިރޭޒް ޕޮކެޓްސް"Dry Erase Pockets" ބޭނުންކުރެވިދާނެއެވެ. މިއީ A3 އަދި A4 ސައިޒުންވެސް ލިބޭ، ލިޔެފައި ފޮހެލެވޭ ޕޮކެޓްތަކެކެވެ. ޕްރިންޓްކުރާ ކަރުދާސްކޮޅު މި ޕޮކެޓަށް ފައްތާލުމުން، ލެމިނޭޓް ކުރީމާ ލިބޭ ހަމަ އެ ތަޖުރިބާ މާ އަގުހެޔޮކޮށް ލިބިގެންދެއެވެ!

ޚާއްޞަ ލޯންޗިންގ އޮފަރ
"ނޫރުލްބައިތު ފޯކަސް ބޯޑު" މިހާރު ވަނީ އޯޑަރުތަކަށް ހުޅުވާލެވިފައެވެ. އަދި އެންމެ ފުރަތަމަ އޯޑަރުކުރާ 15 ފަރާތަކަށް 310 ރުފިޔާ އަށް މި ފޯކަސް ބޯޑު ބައްލަވައިގަނެވޭނެއެވެ.
އޯޑަރު ކުރެއްވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނޫރުލްބައިތު އިންސްޓަގްރާމް ޕޭޖަށް (@noorulbayt.pages) މެސެޖެއް ކޮށްލައްވާށެވެ. ދަރިފުޅަށް ހާސްކަމެއް ނެތް، އުފާވެރި "Smart Start" އެއް ހޯދައިދޭން މިއަދު ފަށައިގަންނަވާށެވެ!













