ޚާން ޕެލަސް ބިނާކޮށްފައި ވަނީ 1892 ގައި އައްސުލްޠާން މުޙައްމަދު ޚާން ކިޔާ ރަސްކަލެކެވެ.

މި ގަނޑުވަރަކީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބިނާއެކެވެ. މި ގަނޑުވަރު ހުރިތަން، ކުރިން ބޭނުންކުރަމުން އައީ އާގަރާގެ އަވައްޓެރި ރަށެއްކަމުގައިވާ ޕޫނާގެ ފަޤީރުންނަށް ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޚާން ޕެލަސް ހުންނަނީ އާގަރާގެ މެޖެސްޓިކް ބިލްޑިންގުގައެވެ. އަދި އިންޑިއާ އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ މަހާތުމާ ގާނދީ، ބަންދުކޮށްގެން އިނގިރޭސިން ގެންގުޅުނީ ވެސް މި އިމާރާތުގައެވެ. ގާނދީގެ އަނބިކަނބަލުން ކަސްތޫބާ ގާނދީ އަވަހާރަވީ ވެސް މި އިމާރާތުގައެވެ.
ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.













