June 17, 2026 23:41
Advertisement

-Advertisement-

މޫނުގެ އުޖާލާކަމާއި ރީތިކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަން މުހިންމު ކަންތައް

މޫނުގެ ހަންގަނޑު ރީތިކޮށް އުޖާލާކަންމަތީ ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކެމިކަލް ނުހުންނަ ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން އަމިއްލައަށް ކުރެވިދާނެކަންތައް ވަރަށް ގިނައެވެ. މި ލިޔުމުގައި މި ބަލާލަނީ ހަންގަނޑުގެ ފަރުވާއަށް އަމިއްލައަށް ކުރެވިދާނެ ކަންތަކެވެ.

ބޭނުންވާވަރަށް ފެންބުއިން

ހަންގަނޑު މާބޮޑަށް ހިކެން މެދުވެރިވާ ސަބަބެއްގެ ގޮތުގައި ހަށިގަނޑުން ފެން މަދުވުން ހިމެނެއެވެ. ދާއިމީކޮށް ހަށިގަނޑަށް ބޭނުންވާވަރަށް ފެންބޯނަމަ ހަންގަނޑު އުޖާލާކަންމަތީ ރީއްޗަށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

Advertisement

ހަންގަނޑު ރަނގަޅަށް ސާފުކުރުން

މޭކަޕް ކުރުމަށްފަހުވެސް ހަންގަނޑު ސާފުކުރުމަށް ބޭނުންކުރަންވާނީ ކެމިކަލް ނުހުންނަ އަމިއްލަ ހަންގަނޑާއި ގުޅޭ ބާވަތެކެވެ. ބައެއް ބާވަތްތައް ބޭނުންކުރުމުން ހަންގަނޑު ރަތްވާގޮތްވެއެވެ.

އަމިއްލައަށް ތައްޔާރުކުރާ މާސްކް

ޔޯގަޓް ނޫނީ އެވޮކާޑޯ މޫނުގައި އުނގުޅުމުން ހަންގަނޑު ތާޒާކޮށްދެއެވެ. މަޑުމަޑުން ހާކާލުމަށްފަހު ހަންގަނޑު މަސާޖު ކުރެވިދާނެއެވެ.

ބޭނުންވާ މިންވަރަށް ނިދި ހަމަކުރުން

ހަމަނިދި ހޯދުމަކީ މީހާގެ ރީތިކަމަށް ވަރަށް މުހިންމު ކަމެކެވެ. މީހާގެ ހަންގަނޑު އުޖާލާވެ އުފާވެރި މީހެއްގެ ގޮތުގައި ހުރުމަށް ރަނގަޅަށް ނިދަން އާދަކުރަންވާނެއެވެ.

ތަރުކާރީއާއި މޭވާ

ބެރީސް، ގްރީން ވެޖްޓަބަލްސް، ސީޑްސް އަދި އޮމެގާ 3 ހިމެނޭ ބާވަތްތައް ބޭނުންކުރުމުން ހަންގަނޑު ގިނަ ދުވަހަށް ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެއެވެ.  

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް