June 21, 2026 23:21
Advertisement

-Advertisement-

އެއްމިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރުން: ލިބުނު ކުރިއެރުމެއް

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ މަރުހަބާ ކިޔައިފައެވެ. މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ.

މި މުހިންމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވި ޚާއްސަ ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު، ޗީފް އިމަރޖެންސީ ސަރވިސް އޮފިސަރ ޢަބްދުﷲ ވަޙީދު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙް، ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އަދި އެއަރލައިން ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. 

މި ހާއްސަ މުނާސަބަތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް ވަނީ ދީފައެވެ. މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ. 

Advertisement

ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ ދައުރު ފާހަގަކުރަމުން، އެމް.އޭ.ސީ.އެލް އިން ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. މި ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވި ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އާއި، އެއާލައިންތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރިސޯޓްތަކާއި އެއާޕޯޓުގެ ހުރިހާ ހިއްސާދާރުންނަށް އެމް.އޭ.ސީ.އެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް