އެއްމިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރުން: ލިބުނު ކުރިއެރުމެއް

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ މަރުހަބާ ކިޔައިފައެވެ. މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ. މި މުހިންމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވި ޚާއްސަ ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް […]