ކެއުމުގައި ކޮންމެހެން ހިމަނަންވީ ފަތުގެ ބާވަތްތައް އަދި ސަބަބު!

ތަފާތު ވައްތަރުގެ ފަތަކީ އަމިއްލަ ގޭގައިވެސް ފަސޭހައިން ހައްދާލެވޭނެ ބާވަތެކެވެ. ބާޒާރުން އަގުބޮޑުކޮށް ގަތުމުގެ ބަދަލުގައި ރަށްރަށުގައި ދިރިއުޅޭ މީހުން ނުވަތަ އަމިއްލަ ގޭގައި ޖާގަ ހުރި މީހުން އިސްކަންދޭންވީ ވީހާވެސް ގިނަ ބާވަތްތަކުގެ ފަތް ހައްދައި ތާޒާކޮށް ކެއުމުގައި ބޭނުންކުރުމަށެވެ. ސްޕިނެޗް: ސްޕިނެޗް އަކީ ސޫޕް، ބިސްގަނޑު، ސެލަޑް، ޕާސްތާ އަދި ސޭންޑްވިޗް ތައްޔާރުކުރުމަށްވެސް ބޭނުންކުރެވިދާނެ އާންމުކޮށް ގަންނަން ލިބެން ހުންނަ ފަތެކެވެ. މިއީ އަޔަން، 'ވިޓަމިން ކޭ' ހިމެނޭ ކެއުމުގައި ބޭނުންކުރަން މުހިންމު ފަތެކެވެ. […]