May 20, 2024 23:22
Advertisement

-Advertisement-

ފޮޓޯ: ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ތާރީޚް: ކުރުހިންނަ ތަރާގަނޑު މިއީ ތަފާތު ތަނެއް!

އާޘާރީ ގޮތުން މުއްސަނދި ރަށެއްކަމުގައިވާ ކ.ކާށިދޫގެ އެންމެ މަޝްހޫރު އެއްތަނަކީ އެރަށުގައި އޮންނަ ކުރުހިންނަ ތަރާގަނޑޭ ކިޔާ ތަނެވެ. ރަށުގެ މީހުން ދިރިއުޅޭ ހިސާބާ 1300 ވަރަކަށް ފޫޓު ދުރުގައި އޮންނަ މިތަން ސައިންޓިފިކް ގޮތުން ކޮނެ ބެލުނީ 1996 އިން 1998 އާ ހަމައަށް ކަމަށް ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިކަމާއިއެކު ތަރާގަނޑު ކޮނުމުގެ މަސައްކަތް އެއިރު ކުރެއްވީ ނޯރވޭގެ އޮސްލޯ ޔުނިވަރސިޓީގެ ޕްރޮފެސަރ އެގިލް މިކަލްސަން ކިޔާ އާކިއޮލޮޖިސްޓެކެވެ.

ދިރާސާއިން ދައްކާގޮތުގައި މިތަނަކީ މީލާދީން ގާތްގަނޑަކަށް ހަތަރުވަނަ ޤަރުނުން ފެށިގެން އައިސް ދިހަވަނަ ޤަރުނާ ހަމައަށް ބުޑިސްޓްދީނުގެ ވޭރެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މިތަނުން ބައެއް އިންސާނުންގެ ކަށި ފެނިފައިވެއެވެ. އަދި ކުރިން މިތާނގައި ހުރި އިމާރާތްތަކުގެ ތަރަހަތައް އެންމެ ވައްތަރީ ޕާކިސްތާން އާއި އަފްޢާނިސްތާނުގައި ހުރި އާޘާރީ ބުޑިސްޓް ބިނާތަކުގެ ޑިޒައިންއާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އަމިއްލަ ފާޑު އޭގެތެރެއަށް ވަދެފައިވާ ކަމަށް ކާށިދޫގެ އާކިއޮލޮޖިކަލް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.  

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް