July 15, 2026 02:19
Advertisement

-Advertisement-

އަރާކުރި ސީރީސްގެ އިންޑިއާ ދަތުރު: ލާލްބާގް ބޮޓެނިކަލް ގާރޑެން

ޑިސެމްބަރ 10 ވަނަ ދުވަހު އަޖްނާމެން ދިޔައީ ބެންގަލޫރުގެ މަޝްހޫރު 'ލާލްބާގް ބޮޓެނިކަލް ގަރޑެން' އަށެވެ. އެއީ ވަރަށް ރީތި ބަގީޗާއެކެވެ. އެ ބަގީޗާގައި ވަރަށް ރީތި ބިއްލޫރި ގެއެއް ހުރެއެވެ. އެތަނުގެ އެތެރެ ވަނީ ރީތި ކުލަކުލައިގެ މާތަކުން ޒީނަތްތެރި ކޮށްފައެވެ. އަދި އެ "ބިއްލޫރި ގޭގެ" ކުރިމަތީގައި މަލުން ހަދާފައިވާ ވަރަށް ރީތި ބޮޑު ސާމަރާ ދޫންޏެއް އަޖްނާމެންނަށް ފެނުނެވެ. އަޖްނާމެން އެ ތަންތަނުގައި ފޮޓޯތައް ނަގައި ހެދިއެވެ.

މި ފެންނަ ރީތި މަންޒަރުތަކަކީ ވެސް ލާލްބާގް ބޮޓެނިކަލް ބަގީޗާގެ ރީތި މަންޒަރުތަކުގެ ތެރެއިން އެ ދުވަހު އަޖްނާމެނަށް ފާހަގަކޮށްލެވުނު މަންޒަރެކެވެ. މިއީވެސް ބިއްލޫރި ގޭގެ އެތެރޭގެ މަންޒަރުތަކެކެވެ. އެ ދުވަސްވަރު ބިއްލޫރި ގޭގެ އެތެރެ އެހާ ބޮޑަށް ޒީނަތްތެރި ކޮށްފައި އެ ވަނީ އެ މީހުންގެ ޚާއްޞަ ދުވަހެއް އަންނާތީ ކަމަށް ބައެއް މީހުން އަޖްނާމެން ގާތުގައި ބުންޏެވެ. ލާލްބާގް ބަގީޗާއަކީ، ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

މި ރީތި މަންޒަރުތަކަކީ ވެސް ލާލްބާގް ބޮޓެނިކަލް ބަގީޗާގެ މަންޒަރުތަކެކެވެ. ލާލްބާގް ބޮޓެނިކަލް ބަގީޗާ އަކީ އިންޑިޔާގެ މަޝްހޫރު ބަގީޗާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބަގީޗާއެކެވެ. ބައެއް ދުވަސްވަރު މި ބަގީޗާ ވަކިން ޚާއްޞަ ގޮތަކަށް ޒީނަތްތެރި ކުރެވިފައިހުރެއެވެ. ޚާއްޞަކޮށް އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ވެސް މި ބަގީޗާ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައި އޮންނަކަން ފާހަގަކުރެވެއެވެ. އަދި އެ ދުވަސްވަރު ޕާކަށް ވަންނަ މީހުންގެ އަދަދު ވެސް ގިނަކަންފާހަގަކޮށްލެވެއެވެ.

Advertisement

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 49 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
0
+1
1
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް