July 9, 2026 23:15
Advertisement

-Advertisement-

އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމަށް ޚާއްސަވި ފުރަމަ ދިވެހި ޑޮކްޓަރު ފަޒްނާ ނިޔާވެއްޖެ!

ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރެއްވި ޑރ. އާމިނަތު ފަޒްނާ ނިޔާވީ މިއަދު އެވެ. ގދ. ގައްދޫ ކަޑިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްބީބީއެސް ނިންމެވުމަށްފަހު ރާއްޖެ ވަޑައިގެން އައިޖީއެމްއެޗް ގައި ޚިދުމަތް ދެއްވަން ފެއްޓެވީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު މެލޭޝިއާގެ 'ކެބަންގްސާން' ޔުނިވަރސިޓީއިން ތަޢުލީމް ހާސިލުކުރެއްވިއެވެ. އަދި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން އޯޓިޒަމް، އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމަށް ތަމްރީން ހޯއްދެވިއެވެ. ޑރ. ފަޒްނާ އަކީ ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރެވެ.

ސަބް ސްޕެޝަލިސްޓް އިން ޑިވެލޮޕްމެންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި ރާއްޖޭގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އައިޖީއެމްއެޗްގެ އިތުރަށް ކުލިނިކެއްގައި ވެސް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. 

Advertisement

ޑރ. ފަޒްނާ ނިޔާވިއިރު ތަޢުލީމު ހާސިލު ކުރަމުންއަންނަ ދެކުދިން އެބަތިއްބެވެ. ޑރ. ފަޒްނާ ނިޔާވުމާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަޢުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ. ޑރ. ފަޒްނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް