July 2, 2026 23:32
Advertisement

-Advertisement-

ވިމަންސް ވޮއިސަސް ސަމިޓް މި ޖުލައިމަހު 11 ވަނަ ދުވަހު ބާއްވަނީ!

މަމްސް އެއިޑާއި ވިމަންސް ވޮއިސަސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ވިމަންސް ވޮއިސަސް ސަމިޓް މި ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މަމްސް އެއިޑާއި ވިމަންސް ވޮއިސަސް މޯލްޑިވްސްގެ ފަރާތުން މި ސަމިޓް ބާއްވާ ހަތަރުވަނަ ފަހަރެވެ. ވިލާ ކޮލެޖުގައި ބާއްވާ މި ސަމިޓަކީ އަންހެނުން ބާރުވެރިކުރުމަށާއި، މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ދަތިތަކާއި އެފަދަ ދަތިތަކުން އަރައިގަނެ ކުރިއައްދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

ފާއިތުވެދިޔަ ހަތަރު އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެކިއެކި ދާއިރާތަކުން ކާމިޔާބީ ހާސިލު ކުރައްވައިފައިވާ ހީވާގި ކަނބަލުން ސަމިޓުގައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކަނބަލުންގެ މިންނެތް މަސައްކަތާއި މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަމުން ހިތްވަރު ލިބިގަނެ ކުރިއަށްދިއުމަށް ކުރާމަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނާއި ހިއްސާ ކުރެވިގެންދާނެއެވެ. އޭގެ އިތުރުން ސަމިޓުގެ ބައިވެރިންނަށް ޚާއްސަ ވޯކްޝޮޕްތަކެއްވެސް ކުރިއައްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މަމްސް އެއިޑްގެ ފަރާތުން މިހާތަނަށް ބޭއްވިފައިވާ މިފަދަ ކޮންމެ ހަރަކާތަކީވެސް ވަރަށް ކާމިޔާބު ހަރަކާތްތަކެކެވެ. ކޮންމެ އަހަރަކުވެސް އެތައް އާ މޫނުތަކެއް ފެނި އެތައް އާ ތަޖުރިބާތަކެއް ހިއްސާ ކުރެވިގެންދެއެވެ.

މިފަދަ ކޮންމެ ސަމިޓެއްގެވެސް އެންމެ ބޮޑު މަޤުސަދަކީ މިނިވަންކަމާއި އެކުވެރިކަމާއެކު ކަނބަލުންނަށް ތަޖުރިބާއާއި ހިތްވަރުދެނިވި ވާހަކަތައް ހިއްސާކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ފައިދާހުރި އެތައް ހިޔާލުތަކެއް ހިއްސާކުރެވި ދިރިއުޅުމުގައި ކުރިއަށްދިއުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި އޭގެ އިތުރުން އަމިއްލަ ނަފްސު ތަރައްގީ ކުރުމަށާއި ވިޔަފާރިއާ ތަފާތު އެކިދާއިރާތަކުން ކުރިއަށް ދެވޭނެ ގޮތްތައް ހިއްސާކުރެވިގެންދާނެއެވެ.

މަމްސް އެއިޑްގެ އުންމީދަކީ ދިވެހި މިމުޖުތަމައުއަކީ އަންހެނުންގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ އަންހެނުން ކުރިއެރުމަށް ފުރުސަތު ހޯދައިދޭ މުޖުތަމައުއަކަށް ވުންކަމުގައި މަމްސްއެއިޑްއިން ވަނީ ފާހަގަކޮށްފައެވެ. 

މި ސަމިޓުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް