ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ހަރަކާތެކެވެ.

ބީއެމްއެލްގެ 'ސްޕްލިޓްޕޭ' ތަޢާރަފްކޮށްފި، ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ" ތައާރަފްކޮށްފިއެވެ. މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ޚިދުމަތެއްކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތުދީފައެވެ. "ސްޕްލިޓްޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް […]

ވިމަންސް ވޮއިސަސް ސަމިޓް މި ޖުލައިމަހު 11 ވަނަ ދުވަހު ބާއްވަނީ!

މަމްސް އެއިޑާއި ވިމަންސް ވޮއިސަސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ވިމަންސް ވޮއިސަސް ސަމިޓް މި ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަމްސް އެއިޑާއި ވިމަންސް ވޮއިސަސް މޯލްޑިވްސްގެ ފަރާތުން މި ސަމިޓް ބާއްވާ ހަތަރުވަނަ ފަހަރެވެ. ވިލާ ކޮލެޖުގައި ބާއްވާ މި ސަމިޓަކީ އަންހެނުން ބާރުވެރިކުރުމަށާއި، މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ދަތިތަކާއި އެފަދަ ދަތިތަކުން އަރައިގަނެ ކުރިއައްދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. ފާއިތުވެދިޔަ ހަތަރު އަހަރެކޭ […]

އެކަޑެމިކް ބާންއައުޓް: މާދަމާގެ މުސްތަޤްބަލަށްޓަކައި މިއަދު އުފުލާ ހިމޭން ބުރަ

އަހަރުތަކެއް ކުރިން އަޅުގަނޑު ޓިއުޝަންދީ އުޅުނު ދުވަސްވަރު ދިމާވި ޅަދަރިވަރުންތަކެއްގެ ހަނދާންތަކުން މިލިޔުން ފަށާލާނަމެވެ. އެއީ ގްރޭޑް 7 އެއްގައި އުޅެމުންދިޔަ 2 ކުދިންނެވެ. އަޅުގަނޑުގެ ކުލާސްތަކުގައި ދޮޅުގަޑިއިރު ކިޔަވައިދޭއިރު، ކޮންމެ 30 މިނިޓަކުން 7 ވަރަކަށް މިނިޓުގެ ކުޑަ ބްރޭކެއް ނަގަމެވެ. އެ ވަގުތުކޮޅަކީ ކުދިންނާ އެކު ތަފާތު މައުޟޫއުތަކަށް ވާހަކަދައްކާލައި، އެކުދިންގެ ސިކުނޑިތަކަށް އަރާމެއް ދިނުމަށް ހުޅުވާލާ ފުރުސަތެކެވެ. މިގޮތަށް ކަންތައް ކުރަނީ، ދިގު ދެމިގެންދާ ކިޔެވުމެއްގެ ތެރެއިން މިފަދަ ހުސްވަގުތުކޮޅެއް ދިނުމަކީ ކުދިންގެ […]