އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމަށް ޚާއްސަވި ފުރަމަ ދިވެހި ޑޮކްޓަރު ފަޒްނާ ނިޔާވެއްޖެ!

ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރެއްވި ޑރ. އާމިނަތު ފަޒްނާ ނިޔާވީ މިއަދު އެވެ. ގދ. ގައްދޫ ކަޑިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމްބީބީއެސް ނިންމެވުމަށްފަހު ރާއްޖެ ވަޑައިގެން އައިޖީއެމްއެޗް ގައި ޚިދުމަތް ދެއްވަން ފެއްޓެވީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު މެލޭޝިއާގެ 'ކެބަންގްސާން' ޔުނިވަރސިޓީއިން ތަޢުލީމް ހާސިލުކުރެއްވިއެވެ. އަދި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން އޯޓިޒަމް، އޭޑީއެޗްޑީ […]