Advertisement
header ad
XeeTimesXeeTimes
ރާވެރިމަސް: މީރުތަ؟

ރާވެރިމަހަކީ މަހުގަައި ހުންނަ ކައްޓާއި ހުޅުނބު ވަރަށް ތޫނުކޮށް ހުންނަ މަހެކެވެ. މި މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 11 ހަރުކައްޓާއެެކު 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 ނުވަތަ 10 މަޑުކަށި ހުރެއެވެ.

މި މަހުގެ ކުލައަކީ ރަތްކުލައެވެ. މި މަހުގެ ކަރުތާފަތްމަތީގައި ތޫނު ދިގު ކައްޓެއް ހުރެއެވެ. މި މަސް އެންމެ ބޮޑުވަނީ 35 ސެންޓިމީޓަރަށް އަަދި ބަރުދަނުގައި 2.6 ކިލޯއަށެވެ. އަދި މި މަހުގެ އުމުރަކީ 7 އަހަރެވެ.

މި މަސް އާންމުކޮށް ބާނާއުޅެނީ ރޭގަނޑުގަޑީގައެވެ. މި މަހަކީ ދުވާލު ގަޑީގައި ފަރުގައި ހުންނަ ހަތާތަކުގެ ނިވަލުގައި އުޅުމަށްފަހު ރޭގަނޑުގަޑީގައި ބައިބަޔަށް ނިކުމެ އުޅޭ މަހެކެވެ. މިމަސް އާންމުކޮށް ކައިއުޅެނީ ކަކުންޏާއި ކުދި މަސްތަކެވެ. ރާވެރިމަހަކީ ފުވައްމުލަކު މީހުން ކައްޓެޅި ބާނާއިރު އާންމުކޮށް ބާނައި އުޅޭ މަހެކެވެ. މި މަހަކީ ވަރަށް މީރުކޮށް ދިވެހިން ކައިއުޅޭ މަހެކެވެ.
މަސްދަރު: ފިޝްބޭސް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —