Advertisement
header ad
XeeTimesXeeTimes
އަރާކުރި ސީރީޒްގެ އިންޑިއާ ދަތުރު: ޓައިގަރ ހިލް އާއި ކެތަރިން ފޯލް ތާރީޚް

އަރާކުރި ސީރީޒްގެ އިންޑިއާ ދަތުރު: ޓައިގަރ ހިލް އާއި ކެތަރިން ފޯލް

އިންޑިއާގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި އޫޓީގެ ފަރުބަދަތައް ހިމެނެއެވެ. ޓައިގަރ ހިލް ފަރުބަދައަކީ އޫޓީގެ އިރުމަތީ ފަރާތުގައި އޮންނަ އުސް ފަރުބަދައެކެވެ. މި ފަރުބަދަ ގުޅިފައި ވަނީ "ބޮއްޑަބެޓާ ޕީކް" ގެ އެންމެ ތިރި ހިސާބާހަމައަށެވެ. މި ފަރުބަދަ އޮންނަނީ އޫޓީގެ މައި އަވަށާ 6 ކިލޯމީޓަރު ދުރުގައެވެ. މިއީ އޫޓީއަށް ޒިޔާރަތް ކުރާ މީހުންގެ ތެރޭގައި ހިމެނޭ  ދިގު ރާސްތާ ހިނގުމަށް ލޯބިކުރާ މީހުނަށް ވަރަށް ޚާއްޞަ ތަނެކެވެ. އަޖްނާމެން "ބޮއްޑަބެޓާ ޕީކް" ބަލައިލަން ދިޔައެވެ. އެއީވެސް އެ ކުދިންނަށް ވަރަށް އަޖައިބު ކުރުވި ތަނެއްކަމަށް ވިއެވެ. 

މަޝްހޫރު "ކެތަރިން ފޯލް" މިއީ ވަރަށް ރީތި ޤުދުރަތީ މަންޒަރެކެވެ. އޫޓީއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ކެތަރިން ފޯލް ބަލައިލުމަކީ މުހިންމު ކަމެކެވެ. އަޖްނާމެން ވެސް އެ ތަން ބަލައިލަން ދިޔައެވެ. ކެތަރިން ފޯލުގެ 250 ފޫޓު މަތިން، ތިރިޔަށް ފައިބާ ފެން ކޯރުތަކެއް ފަދައިން ތިރިއަށް ފެންތައް ފައިބަފައިބާ ހުރެއެވެ. އެއީ ވަރަށް ރީތި މަންޒަރެކެވެ. އެ ތަނުގައި އުޅޭއިރު ހީވަނީ ވިލާތަކުގެ ތެރޭގައި އުޅެވޭހެންނެވެ. އޫޓީއަކީ ވަރަށް ފިނި ރަށަކަށް ވާއިރު، އަދި ކެތަރިން ފޯލްގެ ފިނިކަން މާ ބޮޑަށް އިޙްސާސް ކުރެވެއެވެ.

އެޑިޓަރުގެ ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 49 ފޮތެއް މިހާތަނަށް ނެރެ އާންމު ކުރައްވާފައިވެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —