Advertisement
header ad
XeeTimesXeeTimes
އަރާކުރި ސީރީޒްގެ އިންޑިއާ ދަތުރު: މައިސޫރު ޕެލަސް އާއި ޒޫ ތާރީޚް

އަރާކުރި ސީރީޒްގެ އިންޑިއާ ދަތުރު: މައިސޫރު ޕެލަސް އާއި ޒޫ

އަޖްނާމެންގެ މައިސޫރު ދަތުރުގެ ދެވަނަ ދުވަހު ދިޔައީ އެރަށުގައި ހުންނަ މައިސޫރު ގަނޑުވަރު (މައިސޫރު ޕެލަސް) ބަލައިލުމަށެވެ. މައިސޫރު ގަނޑުވަރަކީ ކަރުނާޓަކާ ސްޓޭޓުގެ ޝާހީ ގަނޑުވަރު ކަމަށް ބުނެއެވެ. މި ގަނޑުވަރު ހުންނަނީ މައިސޫރުގެ މެދުތެރޭގައެވެ.

މައިސޫރު ގަނޑުވަރަކީ މައިސޫގެ ރަސްކަމުގެ ރަމްޒީ ނިޝާނެކެވެ. މި ރީތި ގަނޑުވަރުގެ ކައިރީގައި އަޖްނާމެން ފޮޓޯތައް ނެގިއެވެ. އަދި އެ ދުވަހަކީ އާދީއްތަ ދުވަސް ކަމަށް ވާތީ އެރޭ އޮތީ ގަނޑުވަރު ދިއްލާލާފައެވެ.

ގަނޑުވަރު ދިއްލާލުމުން ގަނޑުވަރުގެ ރީތިކަން އިތުރަށް ފުރިހަމަވެގެން ދިޔައެވެ. އަޖްނާމެން ގަނޑުވަރު ބަލަން ދިޔަ ރޭ ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އެތަން ބަލަން ގޮސްތިއްބެވެ. އަދި ގަނޑުވަރުގެ ގޯތިތެރޭގައި މިޔުޒިކުކުޅުމުގެ ޙަރަކާތްތައް ވެސް ކުރިޔަށް ދިޔައެވެ.

Article - in content
Advertisement

އަޖްނާމެން މައިސޫރަށް ކުރި ދަތުރުގައި މައސޫރު ޒޫ ބަލައިލަންވެސް ދިޔައެއެވެ. އެއީ ވަރަށް ބޮޑު ތަނެކެވެ. ވަރަށް ގިނަ ތަފާތު ވައްތަރު ވައްތަރުގެ ޖަނަވާރުތައް އެ ތަނުން އަޖްނާމެންނަށް ފެނުނެވެ. އޭގެތެރޭގައި އެކިވަރުވަރުގެ ހަރުފަތަކާއި ދަޅުފީނި ފުއްލާތަކާއި ސިންގާއާއި މިނިކާވަގުގެ އިތުރުން ވެސް ވަރަށް ގިނަ ބާވަތްތަކުގެ ޖަނަވާރުތައް އެ ތަނުގައި އުޅެމުން ދިޔައެވެ. އަދި އެ ތަނުގައި އެދުވަހު ވެސް ވަރަށް ގިނަ މީހުން ޒޫ ބަލައިލުމަށް ޒިޔާރަތް ކޮށްގެން އުޅުނުކަން ފާހަގަކުރެވުނެވެ.

އަޖްނާއާއި ކޮއްކޮ އެ ތަނުގައި ވެސް ވަރަށް ގިނަ ފޮޓޯތައް ނަގައި ހެދިއެވެ.

އެޑިޓަރުގެ ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 49 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —