Advertisement
header ad
XeeTimesXeeTimes
ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ، ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރިއަށް!
ތަކަންދޫގައި ފެންބޮޑުވެފައި- ފޮޓޯ: އާސިމާ

ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ، ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރިއަށް!

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވި ރަށްރަށުގެ ތެރޭގައި ހިމެނޭ ހދ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ. މީހުން އެހެން ގޭގެއަށް ބަދަލުވަމުން އަންނައިރު ފެންހިންދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށާއި ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ގެއެއްގެ އެތެރޭގައި ފެންބޮޑުވެފައި- ފޮޓޯ: އެންޑީއެމްއޭ

ކުޅުދުއްފުށީ ސިޓީގައި ވެސް ފެންބޮޑުވެ 18 ގެއަކުން 140 އަށް ވުރެ ގިނަ މީހުން ވަގުތީގޮތުން 2 ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ވިއްސާރައިގައި ފެންބޮޑުވެ ވައިކަރަދޫގެ ދަނޑުބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފެންހިންދުމުގެ މަސައްކަތް ކުރަނީ

ހއ އަތޮޅުގައި ވެސް ކޯރު ކަނޑައިގެން ފެންހިންދުމުގެ މަސައްކަތް، ކެލާ، ފިއްލަދޫ، މާރަންދޫގައި ވަނީ ކޮށްފައެވެ. އަދި ތަކަންދޫގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Article - in content
Advertisement

ޅ. ނައިފަރުގެ 16 ގެއަކަށް ފެންވަދެ 2 ގެއަކުން މީހުން ބަދަލުކޮށްފައިވާއިރު ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިރޭ ދަންވަރު 1 ޖެހުމާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —