Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ތައްޔާރުކޮށްލަން ފަސޭހަ ސަނާމުގު ރިހަ ބަދިގެ

ޒީޓައިމްސް ބަދިގެ: ތައްޔާރުކޮށްލަން ފަސޭހަ ސަނާމުގު ރިހަ

ތިރީގައި މިވަނީ ހަށިގަނޑަށް ވަރަށް ފައިދާހުރި "ސަނާމުގު ރިހަ ހިކިކޮށް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި: (3-4 މީހުންނަށް)

2 ތަށި ކައްކާފައިހުރި ސަނާމުގު

Article - in content
Advertisement

2 މސ ތެޔޮ ނުވަތަ ބަޓަރު

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)

2 ޓޮމާޓޯ (ޕިއުރީ ކޮށްފައި)

2 ސސ އިނގުރު އަދި ލޮނުމެދު ޕޭސްޓް

1 ސސ ދިރި

1 ސސ ކޮރިއަންޑަރ ޕައުޑަރު

1 ސސ ދިރި ޕައުޑަރު

½ ސސ ރީނދޫ

1 ސސ ގަރަމް މަސާލާ

1 ސސ އަސޭމިރުސް ޕައުޑަރ

½ ތަށި ފެން ނުވަތަ ކާށިކިރު

1 ދަޅު މަސް ނުވަތަ 1 ތަށި ވަޅޯމަސް

ލޮނު (ރަހަ ހެޔޮވަރުކުރަން)

ހިކަނދިފަތް

ރާނބާފަތް

މިރުސް (ބޭނުންވާނަމަ)

ތައްޔާރުކުރާނެ ގޮތް:

  1. ތަވައެއްގައި ތެޔޮ ހޫނުކުރުމަށްފަހު، ދިރި އޮށްތަށް އަޅައިލާށެވެ.

  2. ފިޔާ، ހިކަނދިފަތް، ރާނބާފަތް އަދި ބޭނުންވާނަމަ މިރުސް އަޅައި ރަން މުށިކުލަ އަރަންދެން ތެލީގައި ވަޅޯކޮށްލާށެވެ.

  3. ލޮނުމެދާއި އިނގުރު ޕޭސްޓްކޮޅު އަޅައި، 1 މިނެޓް ވަންދެން ހަލަމުން ކައްކާށެވެ.

  4. ޓޮމާޓޯ ޕިއުރީ އަޅައި ތެޔޮ ވަކިވަންދެން ކައްކާށެވެ.

  5. ކޮރިއަންޑަރ ޕައުޑަރ، ދިރި ޕައުޑަރ، ރީނދޫ، ގަރަމް މަސާލާ، އަސޭމިރުސް ޕައުޑަރ އަދި ލޮނު އެއްކޮށްލުމަށްފަހު 2 މިނެޓް ވަންދެން ކައްކާށެވެ.

  6. ދެން މަސާލާގަނޑު ތެރެޔަށް ދަޅުމަސް ނުވަތަ ވަޅޯމަސް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ.

  7. ކައްކާފައިހުރި ސަނާމުގު އާއި ½ ތަށި ފެން ނުވަތަ ކާށިކިރު އެޅުމަށްފަހު، 10 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ.

ނިއުޓްރީޝަނަލް މިންގަނޑުތައް (އަދަދުތައް އަންދާޒާ ކުރެވޭ މިންވަރަކަށް 1 ތައްޓަށްވާވަރަށް):

●       ކެލޮރީޒް: ~250 ކެލޮރީ

●       ކާބޯހައިޑްރޭޓް: ~33 ގްރާމް

●       ޕްރޮޓީން: ~15.5 ގްރާމް

●       ފައިބަރ: ~8 ގްރާމް

ސަނާމުގަކީ ޕްރޮޓީންއާއި ފައިބަރުން މުއްސަނދިވެފައިވާ އެއްޗަކަށް ވާތީ، މިއީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބަހައްޓައިދިނުމަށާއި ގިނަވަގުތު ބަނޑުހައިނުވެ ހުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކާނާއެކެވެ. އަދި ސަނާމުގަކީ އޭގައި ދަގަނޑުގެ މިންވަރުވެސް މަތި ބާވަތަކަށްވާތީ، އެނީމިއާފަދަ ބަލިތަށް ހުންނަ ބޭފުޅުންނަށް މިއީ ކެއުމުގައި ހިމަނަން ވަރަށް މުހިންމު ބާވަތެއްކަމަށް ބެލެވެއެވެ. މީގެ އިތުރުން، މިއީ ހަކަތަ އިތުރުކޮށްދީ، ހިތުގެ ސިއްޙަތު ރަނގަޅުކޮށްދިނުމަށް މަގުފަހިކޮށްދޭ ސިއްޙީ ގޮތުން ފައިދާހުރި މޮޅު ކެއުމެކެވެ.

މި ރެސިޕީ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ޢާއިލާއާ އެކު މި މީރު ސަނާމުގު ރިހަ ތައްޔާރުކޮށްލައިގެން ރޮއްޓާއިއެކު ނުވަތަ ބަތާއިއެކު އިންސާފުކޮށްލައްވާށެވެ!

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —