ކެއުމުގެ އާދަތައް ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް މިއީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ، ރަހަމީރު އަދި ސިއްޙަތަށް ފައިދާހުރި ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި (4 ސާވިންގސް)
4 ކަޕް އައިސްކުރި ކޯލީފްލާވަރ
4 ބިސް (ސްކްރޭމްބަލް ކޮށްފައި)
ކުކުޅުމަސް (ވަރަށް ކުދިކޮށް ކޮށާފައި)
½ ކަޕް ކެރެޓް (ކުދިކޮށް ކޮށާފައި)
½ ކަޕް ގްރީން ޕީސް
2-3 ލޮނުމެދު (ކޮށާފައި)
ފިޔާ (ކޮށާފައި)
ގްރީން އޮނިއަން ކޮށާފައި (ބޭނުންނަމަ)
ލޮނު (ރަހަލާވަރަށް)
އަސޭމިރުސް (ރަހަލާވަރަށް)
މިރުސް (ބެނުންނަމަ)
ކުޑަ ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް
1. ތަވައަކަށް ތެޔޮފޮދެއް އަޅައި، ލޮނުމެދާއި ފިޔާކޮޅު އަދި މިރުސް (އަޅާނަމަ) ވަޅޯކޮށްލުމަށްފަހު ލޮނާއި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
2. އެއަށްފަހު ކުކުޅުމަސް، ކެރެޓް، ގްރީންޕީސް ތަވައަށް އަޅައި މަތިޖަހާލުމަށްފަހު ރަނގަޅަށް ރޯފިލައި މަޑުވަންދެން މަޑުގިނީގައި ކައްކާލާށެވެ.
3. ދެން ރައިސް ކޮށްފައި ހުރި ކޯލިފްލާވާއާއި ސްކްރޭމްބަލް ކޮށްފައިހުރި ބިސްތަށް އަޅައި، ރަނގަޅަށް އެއްކުރުމަށްފަހު 5 މިނިޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުންމަތިން ނަގައި، މައްޗަށް ތޮޅިފިޔާ (ގްރީން އޮނިއަން) އަޅައިގެން ކެއުމަށް ތައްޔާރުކޮށްލާށެވެ.
ނިއުޓްރިޝަނަލް ވެލިއު (ކޮންމެ ސާވިންގއަކަށް)
ކެލޮރީ: 316
ޕްރޮޓީން: 28g
ކާބޯހައިޑްރޭޓްސް: 18g
ފައިބަރ: 4g
- ކޯލީފްލާވަރ ރައިސް ކުރާނެ ގޮތް: ކޯލީފްލާވަރ ބައިބަޔަށް ވަކިކުރުމަށްފަހު ފުޑް ޕްރޮސެސަރއަކުން ނުވަތަ ގްރޭޓަރަކުން ގާނާލުމުން ހަނޑޫ ފުށްކޮޅެއްހެން ތައްޔާރުކުރެވޭނެއެވެ.
- ކޯލީފްލާވަރ އަޅައިގެން މާ ގިނައިރު ނުކައްކާށެވެ. ގިނައިރު ކައްކައިފިނަމަ އޭގެ ފެންގަނޑު ބޭރުވެ، ޗަސްވެގެން ދާނެއެވެ.
- ބިޒީ ދުވަސްތަކުގައި ކެއުމަށްޓަކައި ކުރީބައިގައި ތައްޔާރުކޮށްގެން ފްރިޖުގައި 3-4 ދުވަހު ބަހައްޓައިގެން ބޭނުންކުރުމަށް މިއީ ވަރަށް ރަނގަޅު ކެއުމެކެވެ.
މި ކެއުމުގެ ފައިދާތައް
މަދު ކެލޮރީ އަދި ކާބްސް: ބަރުދަން ލުއިކުރުމަށާއި، ކާބޯހައިޑްރޭޓްސް މަދުކޮށް ކެއުމަށް ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ އެއް ކެއުމަށްވުން އެކަށީގެންވެއެވެ.
ޕްރޮޓީން ގިނަ: ކުކުޅުމަހާއި ބިސް އެކުލެވޭތީ ގިނައިރު ބަނޑުފުރިފައި ބެހެއްޓުމަށާއި މަސްތައް ވަރުގަދަކުރުމަށް އެހީވެދެއެވެ.
ބިޒީ ޝެޑިއުލްތަކަށް ޚާއްސަ: މިއީ އެންމެ 20 މިނެޓު ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކެއުމެއްކަން ފާހަގަކޮށްލަމެވެ.
ކެއުމުގެ ދުޅަހެޔޮ އާދަތައް ހިފަހައްޓައި، ސިއްޙަތަށް ފައިދާހުރި މީރު ކެއުންތައް ތައްޔާރުކުރަން ބޭނުންވާ ބޭފުޅުންނަށް، މިއީ ވަރަށް ކަމުދާނެ ރެސިޕީއަކަށްވުން އެކަށީގެންވެއެވެ. ތައްޔާރުކޮށްލައިގެން ތާޒާކޮށް ތަޖުރިބާކޮށްލައްވާށެވެ!









