May 20, 2024 23:22
Advertisement

-Advertisement-

ފޮޓޯ: އަހުމަދު ޢަލީ

ތާރީޚް: ފުވައްމުލަކު ހަވިއްތަ ބަލަން ދިޔައިންތަ؟

ފުވައްމުލަކު ހަވިއްތަ ކައިރީގައި ކުޑަހަވިއްތަ ކިޔާތަނެއް ހުރެއެވެ. ބޮޑު ހަވިއްތައިގެ އުސްމިނުގައި 40 ވަރަކަށް ފޫޓު ހުންނައިރު، ކުޑަ ހަވިއްތައިގެ އުސްމިނުގައި ހުންނަނީ 15ވަރަކަށް ފޫޓެވެ. މި 2 ހަވިއްތަ ދެމެދުގައި އިހުގެ ތަރަހަތަކެއް ކުރިން ފެންނަން ހުރިއިރު މި ސަރަހައްދުގައި މިހާރު ހުރީ ގަސްހެދިފައެވެ. ފުވައްމުލަކު ހޯދަޑު އަވަށުގައި ހުރި ފޮޓޯއިން ފެންނަ ހަވިއްތައަކީ ބުޑިސްޓުންގެ ފައްޅި ހުރިތަންކަމަށް މަޢުލޫމާތު ލިބެއެވެ.

ބައެއްމީހުން ބުނާގޮތުގައި ފުވައްމުލަކުގައި ތިބި ބުޑިސްޓުން އިސްލާމްވުމާ ގުޅިގެން ހަވިއްތަވަނީ ފަސްއަޅައި ފޮރުވާފައެވެ. ހަވިއްތަ ދިރާސާކުރުމަށްޓަކައި 70 ވަރަކަށް އަހަރުކުރިން އެތަންކޮނުނު ކަމަށް އެރަށު މީހުން ބުނެއެވެ. އަދި އެއިރު ގަލުން ހަދާފަހުރި ފޮށިތަކެއް ފެނުނުކަމަށާއި، އެފޮށިތަކުގެތެރޭގައި ރަނާއި، މާވަހަރުހުއްޓާ ފެނުނުކަމަށް މަޢުލޫމާތުލިބެއެވެ.

ކުރިން ފުވައްމުލަކު ހަވިއްތަ ހުރިގޮތް. ފޮޓޯ:އެޗް.ސީ.ޕީ ބެލް 1922

ފުވައްމުލަކުގައި އާސާރީ ގިނަތަންތަން ހުރިއިރު މީގެތެރެއިން ބައެއް ތަންތަން މިހާރުވަނީ އެއީ ކޮންތަނެއްކަން އެނގޭ ގޮތަށް ލިޔުން ހަރުކޮށްފައެވެ.

Advertisement
+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް