May 21, 2024 02:24
Advertisement

-Advertisement-

ފޮޓޯ: ޒީޓައިމްސް

ތާރީޚް: ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތަކީ އައްސުލްތާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަަވަނަ މަހާރަދުންގެ ދިހަވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. 1779އިން 1799އަށް ރަސްކަންކުރެއްވި މިރަދުންގެ ވާހަކަ ކަޅުވަކަރު މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެފައިވެއެވެ.

ކުރިން މިމިސްކިތް ހުރީ މަޖީދީމަގާއި ކަރަންކާމަގާއި އިންވީ ހުޅަނގު އުތުރު ކަންމަތީގައެވެ. ވަރަށް ރީއްޗަށް ހަދައިފައިވާ މިމިސްކިތް 8 އޯގަސްޓް 1978ގައި އުވާލުމަށްފަހު 1 އޮކްޓޯބަރ 1978ގައި ސަރުކާރުން ނީލަން ކިޔައިފައިވެއެވެ. އެއިރު މިސްކިތް ނަގާފައިވަނީ ފުރަނަ ޓުއަރިސްޓް ރިސޯޓުންނެވެ. ކަޅުވަކަރު މިސްކިތަކީ އާސާރީ ތަނަކަށްވުމުން ސަަރުކާރުން ބޭނުންވެގެން ރިސޯޓުގެފަރާތުން މިމިސްކިތް އަލުން ސަރުކާރަށް ހަދިޔާކޮށްފައިވަނީ 22 ފެބުރުއަރީ 1979ވަނަ އަހަރުގައެވެ.

މިމިސްކިތް އެންމެކުރިން ހުރިގޮތަށް ދެން ބެހެއްޓުނީ ސަލްޓަންޕާކުގައެވެ. ކަޅުވަކަރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ކުރުމަށްފަހު ރަސްމީކޮށް މިސްކިތް އަލުން ހުޅުވުނީ 19 އޭޕްރީލް 2010ވީ އާދީއްތަ ދުވަހުގައެވެ.

Advertisement

2016 ވަނަ އަހަރު ކަޅުވަކަރު މިސްކިތް އަލުން ރޫޅާލުމަށްފަހު، މިމިސްކިތް އަލުން ރާވާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަން ފެށުނީ 2019ވަނަ އަހަރުގައެވެ. މިމަސައްކަތް އެކީގަ ނިމިފައިވަނީ 2020ވަނަ އަހަރު ނޮވެންބަރު މަހުގައެވެ. މިހާރު ކަޅުވަކަރު މިސްކިތް ބަހައްޓާފަވަނީ މާލޭގެ ބޮޑުގަނޑުވަރު ގޯތީގައެވެ.

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް