May 10, 2024 13:14
Advertisement

-Advertisement-

ޖަޕާނުގެ ތާރީޚާއި ގުޅޭ ބައެއް ވާހަކަ

ޖަޕާނަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އާބާދީއަށް ބަލާއިރު އެންމެ މީހުން ގިނަ އެއް ސިޓީ އަކީ ޓޯކިއޯއެވެ. އާބާދީ ބޮޑު ތަރައްގީވެފައިވާ މިގައުމުގައި އޮންނަނީ ގަދީމީ ސަގާފަތެކެވެ. ޖަޕާނު މީހުންނަކީ ވަރަށް ތަފާތު ދިރިއުޅުމެއް އުޅޭ ބައެކެވެ. ޖަޕާނަކީ އެތައް އަހަރެއް ކުރިންސުރެވެސް ޓެކްނޮލޮޖީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ދުނިޔޭގައި ކުރި ހޯދަމުން އަންނަ ގައުމެކެވެ. މިގައުމަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ އަދި ހަމައެހެންމެ ފެހިކަން ގަދަ ގަސްތަކުން ޒީނަތްތެރިކުރުމުގައިވެސް ކުޅަދާނަ ބައެކެވެ. މިމީހުންގެ އެންމެ ޚާއްސަ އެއްޗަކަށްވެފައިވަނީ ކާބަފައިން ޒަމާނުއްސުރެވެސް ހަނޑޫ ދަނޑުތައް ހެއްދުމެވެ.

ޖަޕާނުގެ މައި ރަށްތަށް ގުޅިފައި އޮންނަނީ ހިއްކާފައި އޮންނަ ބުރިޖަކުންގޮސް ސައިބީރިއާ އަދި ކޮރެއާ އާއިއެވެ. މީހުން އައިސް އާބާދުވާން ފަށާފައިވަނީ ފައިމަގުގައި ހިނގާފައިއައިސް ކަމަށް ބުނެވެއެވެ. ފުރަތަމަ އުފެދުނު ސޮސައިޓީގެ ނަމެއް ކަމުގައި ދެވިފައިވަނީ "ޖޮމޮން ކަލްޗަރ" އެވެ. ހަމަ އެދުވަސްވަރު ސައިބީރިއާގެ "އައިނޫ" ސޮސައިޓީ އައިސްފައިވަނީ ކަނޑު ބޯޓުގައެވެ. މި ދެ ސޮސައިޓީ މީހުން އެއްހާހަށްވުރެ ގިނަ އަހަރުވަންދެން ދިރިއުޅުނީ މަސްވެރިކަމާއި 'ހަންޓް' ކުރުމާއި ދަނޑު ހައްދައިގެންނެވެ.

ޖަޕާނުގެ ހޮންސޫ ކިޔާރަށަށް "ޔަޔޮއީ މީހުން" އައީ ކޮރެއާ އަދި ޗައިނާއިންނެވެ. އެމީހުންނަކީ ވަރަށް ކުޅަދާނަ މަސައްކަތްތެރި ބައެކެވެ. އޭގެތެރޭގައި ކުނާވިއާ މީހުންނާއި ޓޫލްސް ހަދާ މީހުންނާއި ދަނޑުވެރިން އުޅުނެވެ. އެމީހުންގެ ތެރެއިން ބަޔަކު ފުރަތަމަ ފަހަރަށް ހަނޑޫ އިންދައި ހަނޑޫ ހެއްދިއެވެ. ޖަޕާނުގެ ފުރަތަމަ "އެމްޕެރަރ" ރަސްކަލަކަށް "ޖިއްމު ޓެނޯ" ނަމަކަށް ކިޔާ މީހަކު ހަވާލުވިއެވެ. 12 ވަނަ ގަރުނާ ހަމައަށް މިރަސްގެފާނުގެ ބާރުގެ ދަށުގައި އޮތެވެ. އެއަށްފަހު މިލިޓަރީ މީހެއް ކަމުގައިވާ "ޝޯގަންސް" ގެ ދަށަށް މިގައުމު ގެންދިޔައެވެ.

Advertisement

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ގައުމުތަކުން މީހުން އަންނަންފެށީ 1543 ވަނަ އަހަރުއެވެ. އެމީހުން އައުމަށްފަހު ފުރަތަމަ ފަހަރަށް ބަޑިއާއި އެއްޗެހިގެނެސް ކްރިސްޓިއަން ދީން އުފެދުނެވެ. 1635 ވަނަ އަހަރު ޝޯގަންގެ އަމުރުފުޅުގެ ދަށުން ޖަޕާނުން އެހެން ގައުމުތަކަށް މީހުން ބޭރުވުމާއި ޖަޕާނަށް މީހުން އެތެރެވުން ހުއްޓުވާލިއެވެ. 200 އަހަރުވަންދެން މިކަން ދެމިގެންދިޔައެވެ. 1868 ވަނަ އަހަރު "ޝޯގަންސް" ބޭލުމަށްފަހު ކުރީގެ އެމްޕެރަރ އަނބުރާ ގެނެވުނެވެ. އެއަށްފަހު ޖަޕާނަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެސް ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނެވުނެވެ.

ފުރަތަމަ ބޮޑު ހަނގުރާމާގައި 1914 އިން 1917 އަށް ޖަޕާނުން ހަނގުރާމަކުރީ އެމެރިކާ އާއި އެއްކޮޅަށެވެ. އެކަމަކު 7 ޑިސެމްބަރ 1941 ވަނަ އަހަރު ޖަޕާނުން ހަމަލާދިނީ އެމެރިކާގެ ހަވާއީގައި ހުރި ޕާލް ހާބަރުގެ ނޭވީ ފްލީޓަކަށެވެ. އެއަށްފަހު ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާ އިން ބައިވެރިވިއެވެ. 1941 އިން 1945 އަކަށް ޖަޕާނުގެ މިލިޓަރީ ވެރިން އަނެއްކާވެސް އެމެރިކާއާއި ދެކޮޅަށް ހަނގުރާމަ ފެށިއެވެ. ޖަޕާނުގެ ހީރޯޝިމާއަށާއި ނަގަސާކީއަށް 1945 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާއިން ބޮންއަޅައި 115000 މީހުން މަރާލިއެވެ. އެއަށްފަހު ޖަޕާނުން އަމާންދިނެވެ.

 

މައުލޫމާތު: ބްރިޓެނިކާ.ކޮމް

+1
0
+1
0
+1
6
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް