ބްރެޒިލްގެ ސަޕޯޓަރުންނަށް މިގެނެސްދެނީ އެގައުމުގެ މީހުން ލުނބޯ ޖޫސް ތައްޔާރުކުރާ ގޮތް!

ބޭނުންވާތަކެތި 6 ލުނބޯ 600 އެމްއެލް ފެން އައިސްކިއުބް 395ގ ގެރިކިރު ތައްޔާރުކުރާނެ ގޮތް: ލުނބޯ ރަނގަޅަށް ދޮވެލާށެވެ. ފަޅިފަޅިއަށް ފަޅާލާށެވެ. އޮށް ހުރިނަމަ ނަގާށެވެ. އެއަށްފަހު ލުނބޯ އަދި ފެން މިކްސަރުގެ ތަށްޓަށް އަޅާފަ ހިމުންކޮށްލާށެވެ. ހިމުންވުމުން ފުރޭނި ބޭނުންކޮށްގެން ފުރާނާފަ ތޮށިކޮޅުތައް އުކާލާށެވެ. ފުރޭނި ލުނބޯގެޖޫސް މިކްސަރުގެ ތަށްޓަށް އެޅުމަށްފަހު އޭގެތެރެއަށް ބޭނުންވަރަކަށް އައިސްކިއުބް އަޅާށެވެ. އެއަށްފަހު ގެރިކިރު އަޅާފަ ހުރިހާބާވަތެއް އެއްކޮށް ގިރާށެވެ. މިއީ ތަފާތު މީރު ރަހައެއްދޭ ބުއިމަކަށްވާނެކަމަށް އުއްމީދު ކުރަމެވެ. […]

ޖަޕާނުގެ ތާރީޚާއި ގުޅޭ ބައެއް ވާހަކަ

ޖަޕާނަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އާބާދީއަށް ބަލާއިރު އެންމެ މީހުން ގިނަ އެއް ސިޓީ އަކީ ޓޯކިއޯއެވެ. އާބާދީ ބޮޑު ތަރައްގީވެފައިވާ މިގައުމުގައި އޮންނަނީ ގަދީމީ ސަގާފަތެކެވެ. ޖަޕާނު މީހުންނަކީ ވަރަށް ތަފާތު ދިރިއުޅުމެއް އުޅޭ ބައެކެވެ. ޖަޕާނަކީ އެތައް އަހަރެއް ކުރިންސުރެވެސް ޓެކްނޮލޮޖީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ދުނިޔޭގައި ކުރި ހޯދަމުން އަންނަ ގައުމެކެވެ. މިގައުމަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ އަދި ހަމައެހެންމެ ފެހިކަން ގަދަ ގަސްތަކުން ޒީނަތްތެރިކުރުމުގައިވެސް ކުޅަދާނަ ބައެކެވެ. […]