May 21, 2024 00:44
Advertisement

-Advertisement-

އަމާޒަކީ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުން: ތޯރިޤް

ތިރީގައިމިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް އެންޑް ކަލްޗަރ މުޙައްމަދު ތޯރިޤް 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގެ މުހިއްމުބައިތަކެވެ.

1 ކަޅުވަކަރު މިސްކިތް. ހުކުރުމިސްކިތް ބެލެހެއްޓުމުގެ ކަންތައް ކުރިއަށްދާގޮތް؟

ކަޅުވަކަރު މިސްކިތް ބެލެހެއްޓުން ކުރިއަށްދަނީ ބަޔަކާއި ހަވާލުކޮށްގެން ކޮންޓްރެކްޓް އުސޫލުން. މިސްކިތުގެ އެތެރެ ބަލަހައްޓާނީ ޤައުމީ މަރުކަޒުގެ މުވައްޒަފުން. ގަސްތަކަށް ފެންދިނުމާއި ސާފުކުރުމުގެ ކަންތައްކުރަނީ ކޮންޓްރެކްޓް އުސޫލުން. މިހާރު ވިސްނުން އެބަގެންގުޅެވޭ ސަލްޓަންޕާކު ބަލަހައްޓާ މީހުންނަށް ޕާކެއްގެ ގޮތުގައި ބެލެހެއްޓުމުގެ ބައި ހަވާލުކުރަން ކަޅުވަކަރު މިސްކިތުގެ.

Advertisement

2 މާލޭގައިހުރި އާސާރީ ތަންތަން ފީއެއްނަގައިގެން ފަތުރުވެރިންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވިސްނަވަންތޯ؟

ހުކުރު މިސްކިތް. މެދުޒިޔާރަތް. ކަޅުވަކަރު މިސްކިތް އަދި އެއިންތިޒާމެއްގެ ވާހަކަ ނުދެކެވޭ.

3 ވޯލްޑް ހެރިޓޭޖް ވަގުތީ ލިސްޓުގައި ހިމެނުނުއިރު ދާއިމީ ލިސްޓްގައި ހުކުރު މިސްކިތް ނުހިމެނެނީ ކީއްވެ؟ ހިމެނުމަށް ހުރި ގޮންޖެހުންތައް؟ އެކަން ހައްލުކުރުމަށް ކުރައްވާ މަސައްކަތް؟

ދުރުމުސްތަޤުބަލެއްގެ ވާހަކަ މިދައްކަނީ. މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓްގަ ހިމެނުން. އެމަގަށް ކަންކަން ގެންދިއުމުގެ މަސައްކަތް މިކުރަނީ. ހުރިހާ ތަނަކާ ގުޅިފައޮތް ކަމެއް މިއީ. ކަޅުވަކަރު މިސްކިތްވިއަސް މެދުޒިޔާރަތްވިއަސް މުލިއާގެ ވިއަސް. ޤުރުއާނާއިބެހޭ މަރުކަޒުގެ އިމާރާތްވިއަސް ދާރުލްޢުލޫމް އާއި އުސްގެކޮޅުވިއަސް. މިހުރިހާތަނެއްހުރި ސަރަޙައްދު މާލޭގެ ކަލްޗަރަލްޒޯން އެއްގެ ގޮތުގަ ކަޑައެޅިގެންދިއުން އެއީ މުހިއްމު ކަމެއް.

ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމަށްޓަކައި މިކުރާ މަސައްކަތުގަ އެބަޖެހޭ ހުކުރު މިސްކިތުގެ ޚާއްސަ ސަރަހައްދެއް ކަޑައަޅަން. އެ މަޝްވަރާތައް ކުރެވެމުންދަނީ. މިސަރަހައްދުގަ އިމާރާތްކުރާއިރު ހުންނާނެ ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް. ވޯކްޝޮޕް ކަހަލަ ކަންކަމަށް ފުރުސަތު ނުދިނުން. އަދި އަސްލު ގެއްލޭގޮތަށް އެހިސާބު ތަރައްޤީކުރުމަށް ފުރުސަތުނުދިނުން.

ދުނިޔޭގެ ތަރިކައިގެ ލިސްޓަށް މާލޭގެ ހުކުރު މިސްކިތް ވަންނައިރު އުންމީދުކުރަނީ ފަތުރުވެރިން މާލެއަންނަ ހިސާބުން ސަރަހައްދާއިބެހޭ މައުލޫމާތު އެގޭނޭ. މިހުރިހާ ތަނެއްގެ ތާރީޚު  އަދި ހުރިހާ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް އިންތިޒާމްކުރަން ބޭނުމީ. އަދި އެއިންތިޒާމްގަ ކަންތައް ކުރެވޭނެ ގޮތެއް ނެތް. މައިގަނޑު ވިސްނުމަކީ ރަނގަޅު ޕްލޭނެއްގެތެރެއިން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

މިހާރު މަސައްކަތް ކުރަނީ 6 މިސްކިތެއްގެ މަސައްކަތް ވަގުތީ ލިސްޓްގަ ހިމެނުމަށް. ތަރިކަ ރައްކާތެރިކުރުމާއި ގުޅޭގޮތުން ޤާނޫނެއް ހެދިފަ ވަނީ. އެޤާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެކަން ޔަޤީންވާނެ.

ވަރަށްބޮޑު މަސައްކަތެއް ކުރަންޖެހެނީ. ދިރާސާތައް ކުރަންޖެހޭ. ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް މިހާރު އެބަދޭ. ހުރިހާ ލިޔުންތަކެއް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ކޮމިޓީއަށް ހުށަހެޅޭ ހިސާބަށްދާނެ ކަމަށް މިބަލަނީ 2022 ވަނަ އަހަރު. އަދި 2023 ވަނަ އަހަރު ފެށޭއިރު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ތަރިކައެއް ހިމެނިގެންދިއުން އުންމީދަކީ.

4 މެދުޒިޔާރަތް އާންމުކޮށް ހުޅުވާލަން ވިސްނަވަންތޯ؟

ކުރިންވެސްވާނެ މެދުޒިޔާރަތް އާންމުކޮށް ހުޅުވާލައިގެން ބަލަން ބޭނުންވާ މީހުންނަށް އެފުރުސަތު ދީފަ. އެކަމަކު އާންމުކޮށް ހުޅުވާ ވިސްނުމަކީ ގެންގުޅޭ ވިސްނުމެއް ނޫން. ރާއްޖެ އިސްލާމްވިދުވަސް އެހެން ފާހަގަކުރެވޭ ޚާއްސަ މުނާސަބަތަކާ ދިމާކޮށް އެތަން ބަލާލަން ބޭނުންވާ މީހުންނަށް އެތަން ދައްކާލުމުގެ ވިސްނުމަކީ އަބަދުވެސް ގެންގުޅޭ ވިސްނުމެއް. އެންމެ ކުރީގަ އަޅުގަނޑުމެންނާއި ހިސާބަށް އައިއިރު ހުރިގޮތަށް އަންނަންއޮތް ޖީލަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ޒިންމާއެއްކަމަށް ދެކެނީ.

ދާދިއިހަކަށް ދުވަހާއި ހަމައަށް އެތާގަހުރީ ދިދަވެސް ނަގާފަ. ދިދަނެގިއަސް އެއީ ދީނީކަމެއްގެ ގޮތުގަ ދެކިގެން ކުރާ ކަމެއް ގޮތަށް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންދެކެނީ ކާބަފައިންފުށުން މިހިސާބަށް އައިއްސަހުރި ކަންތައްތައް އާސާރަކަށްވަނީ އެއާސާރެއްގެ ގޮތުގަ ދެމެހެއްޓީމަކަމަށް. އާންމުކޮށް ދެއްކުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް. ކުރަން ބޭނުންވެސް ކަމެއް. ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ ކުރާނެވެސް ކަމެއް. ރީތިކޮށް ސާފުކޮށް ބޭއްވުމަކީ އަބަދުވެސް ކުރަމުން އަންނަކަމެއް. މިހާރުވެސް ކޮންމެ ދުވަހަކު ސާފުކުރާނެ.

5 އާސާރީތަންތަން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް؟

މިހާރު އޮތް ހަމައެކަނި ދައްޗަކީ މިފަންނުގެ ތަޖުރިބާހުރި، ތަމްރީން ލިބިފަތިބި މީހުން މަދުވުން. އެމީހުން އުފެއްދުން އެއީ އެންމެބޮޑު ގޮންޖެހުން. އެމަސައްކަތް މިކުރަނީ.

6 ދިވެހިރާއްޖޭގައި ހުރި ފާހަގަކުރެވޭ އާސާރީ ތަންތަން ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓް އެބަހުރިތޯ؟

ބަޖެޓް އަބަދުވެސް ދަތި. ބަޖެޓަކީ ނުދެކެން ކަންކަން ނުވުމަށް އޮތް ސަބަބެއް ކަމަށް. ކަންކަން ކުރުމުގެ ވިސްނުމާއެކީ ނުކުތީމަ އަޅުގަނޑަށް ފެނުނީ ކަންކަން ކުރެވޭތަން. 1988 ވަނަ އަހަރުންފެށިގެން އަޅުގަނޑު މިދާއިރާގަ އެބަ މަސައްކަތްކުރަން.

އިސްދޫ ހަވިއްތަ. ގަމު ހަތްތެލި ހިމާޔަތްކުރަން ވަރަށްކުރިން މަސައްކަތް ކުރެވުނު. ލޯބީގަ މަސައްކަތްކުރާނެ ބަޔަކުނެތީ. މިއީ ކިހާވަރެއްގެ މުހިއްމު އެއްޗެއްކަން އެގުނީމަ އެލޯބި ވެވޭނީ، މަސައްކަތެއް ކުރާއިރުވެސް މިތަންތަންދެކެ ލޯބިން މަސައްކަތްކުރާށޭ ދަންނަވާނީ. ބަޖެޓްގެ ދަތިކަމާއިހުރެ ކަންތައްތައް ނުވާތަނެއް ނުފެނޭ. ބަޖެޓްގަ ނެތި ވަރަށްގިނަކަންތައް ކުރެވިފަ ހުންނާނެ. މިހާތަނަށް މިނިސްޓްރީ އުފެދިގެން ރައީސުލްޖުމްހޫރިއްޔާ އަރިހުގަ މިނިސްޓްރީގެ ދާއިރާގެތެރެއިން ވަކިކަމެއް ނުކުރެވިގެން ދެންނެވި އެއްވެސް ކަމެއް ނުކުރެވިފަނެތް. ހުރިހާ ކަމެއް ކުރެވިފަވަނީ. މިވިސްނުމުގަ ދެމެހެއްޓެނިވި ގޮތެއްގަ ރަނގަޅު ޕްލޭނަކާއެކީ މަސައްކަތް ކުރާކަމުގައި ވަނީނަމަ ބައިވަރު ކަންތައް ކުރެވޭނެ.

 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް