April 27, 2026 18:39
Advertisement

-Advertisement-

މަގުކޮންނަ މީހުންގެ އިހުމާލުގެ ސަބަބުން ކަރަންޓު ނުލިބި އެތައް ގެއްލުމެއް، ޒިންމާނަގާނީ ކާކު؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މި އޭޕްރީލް މަހު 2 ފަހަރެއްގެ މަތިން ގިނަ ގަޑިއިރުތަކަކަށް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މީގެތެރޭގައި އެތައް ހާސް މީހުން ދިރިއުޅޭ ޓަވަރުތައް ހިމެނެއެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ނުފުދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގޮވައިގެން ގިނަ ގަޑިއިރުތަކެއް ހޭދަކުރަންޖެހުން މިއީ ލިބޭ ބޮޑު ތަކުލީފެކެވެ. ވަޒީފާ އަށް ނުދެވި ކުރަންޖެހޭ އިތުރު މަސައްކަތްތައް ނުކެރެވި ތިބެންޖެހޭއިރު މިއީ އަވަސް ހައްލެއް ހޯދަންޖެހޭ މައްސަލައެކެވެ.

ސްޓެލްކޯއިން މައުލޫމާތުދިންގޮތުގައި ހޮނިހިރު ދުވަހު ކަރަންޓު މެދުކެނޑުނު ތަންތަނުގެ ތެރޭގައި ހިމެނެނީ، ހިޔާ ޓަވަރު 5 ،6 ،7 އަދި ވިނަރެސްގެ 10 ވަނަ ޓަވަރާއި އަމާން ދޯދި 12 ،13 ،14 ،15 ،16 އަދި އަމާން އުދަރެސްގެ 5 ވަނަ ޓަވަރާއި 6 ވަނަ ޓަވަރުގެ އިތުރުން އެމްޕީއެލްގެ ޓަވަރުތަކުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެންނެވެ. މި މައްސަލަ ހައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ކޮންމެ ފަހަރަކު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު މި އިހުމާލުގެ ފަހަތުގައި ތިބޭ މީހުން ޒިންމާ ކުރެވޭތަނެއް ނުފެނެއެވެ. ތަކުރާރުކޮށް ކަރަންޓުގެ ޚިދުމަތް ކެނޑުމުން އާންމުންގެ ފާޑުކިޔުން ސްޓެލްކޯއަށް އަމާޒުވިއަސް މިއީ އެހެން ބައެއްގެ އިހުމާލުން ދިމާވާ ކަމެކެވެ.

   " މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން. އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ. އަދި އެ ގެއްލުން މި ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ހާމަވެފައި". ސްޓެލްކޯއިން މައުލޫމާތުދިނެވެ.

 މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ދަތިތަކެއް ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާތީ ހިތާމަކުރާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

Advertisement

" މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި. ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައި. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރަން. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން މި ކުންފުންޏަށް އެންގުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް". ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށާއި، މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންޖެހެއެވެ. ހުޅުމާލެ ފޭސް 2 ގެ މަގު ކޮންނައިރު އެސަރަހައްދުގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސްޕަވައިޒަރުން ބައިތިއްބައިގެންވިއަސް އާންމުންނަށް ދަތި ނުވާނެ ގޮތަކަށް ހައްލު ހޯދަންޖެހެއެވެ. އަދި މިފަދަ އިހުމާލުވާ ފަރާތްތަކާއިމެދު އޮންނަ އުސޫލުން އަމަލުކުރެވެން ޖެހެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް