މަގުކޮންނަ މީހުންގެ އިހުމާލުގެ ސަބަބުން ކަރަންޓު ނުލިބި އެތައް ގެއްލުމެއް، ޒިންމާނަގާނީ ކާކު؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މި އޭޕްރީލް މަހު 2 ފަހަރެއްގެ މަތިން ގިނަ ގަޑިއިރުތަކަކަށް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މީގެތެރޭގައި އެތައް ހާސް މީހުން ދިރިއުޅޭ ޓަވަރުތައް ހިމެނެއެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ނުފުދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގޮވައިގެން ގިނަ ގަޑިއިރުތަކެއް ހޭދަކުރަންޖެހުން މިއީ ލިބޭ ބޮޑު ތަކުލީފެކެވެ. ވަޒީފާ އަށް ނުދެވި ކުރަންޖެހޭ އިތުރު މަސައްކަތްތައް ނުކެރެވި ތިބެންޖެހޭއިރު މިއީ އަވަސް ހައްލެއް ހޯދަންޖެހޭ […]