ބޭނުންވާ ތަކެތި:
ބައި ޖޯޑު ކަދުރު (ކުދިކޮށް ކޮށާފައި)
5 ބިސް
Advertisement
½ ޖޯޑު ގެރިކިރު
3 މޭޒުމަތީ ސަމުސާ ފުށް
1 ސައިސަމުސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމުސާ ކަނަމަދު (ވަރަށް ހިމުންކޮށް މުގުރާފައި)
1 ސައިސަމުސާ ބޭކިން ޕައުޑަރ
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބިސްތައް ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު ގެރިކިރު އަޅައިގެން ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ބޭކިން ޕައުޑަރ، ފުށް އަދި ވެނީލާ އެސެންސް އަޅައިގެން ގިރާލާނީއެވެ. އެއަށްފަހު މުގުރާފައި ހުރި ކަނަމަދު އަދި ކަދުރުކޮޅު އަޅާލުމަށްފަހު އެއްކޮށްލާނީއެވެ.
ތަވާގައި ފަހަރަކު ފޮޅިއެއް ފިހަމުން ގެންދާށެވެ. ކަދުރުފޮޅި އަކީ ފިނިކޮށްގެން ކާލަން ވަރަށް މީރު ފޮޅިއެކެވެ.










