May 20, 2024 20:30
Advertisement

-Advertisement-

ވައިކަރަދޫ/ ފޮޓޯ: އިންވިޓޭޝަން މޯލްޑިވްސް

ވައިކަރަދޫ ޖާޑި ވަޅުލި ތަން މިއީ ކޮންތަނެއް؟

ހދ.ވައިކަރަދޫ ހުޅަނގުފަރާތުގައިވާ އުސްގަނޑަކީ ފާހަގަކޮށްލެވޭ ތަނެކެވެ. އެތަން ފާހަގަކުރެވެނީ ޖާޑި ވަޅުލިތަނުގެ ގޮތުގައި އެތަން މަޝްހޫރު ވެފައިވާތީއެވެ. މި އުސްގަނޑު ދިގުމިނުގައި 75 ފޫޓު، ފުޅާ މިނުގައި 55 ފޫޓު އަދި އެންމެ އުސް ހިސާބުގައި 4 ވަރަކަށް ފޫޓު ހުންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ސަރަހައްދަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވިނަމަވެސް އުސްގަނޑު ވަނީ ކުރިއަށްވުރެ ތިރިވެފައެވެ.

"މިތަނަކީ އިތުރަށް ތަހުޤީޤު ކުރަންވެފައިވާ ތަނެއް. ޖާޑިއެއް ވަޅުލި ކަމަށް ބެލެވޭ މި އާސާރީ ސަރަހައްދަކީ ވަރަށް ޤަދީމީ ޒަމާނެއްގައި ކޮނެފަހުރި ބިނާއެއް ވަޅުލެވިފައި ހުރި ސަރަހައްދެއް. މިއީ އެތައް ސަތޭކަ އަހަރެއްވީ ތަރިކައެއް. ފަހަރެއްގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތަނަކަށްވެސް ވެދާނެ." ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މައުލޫމާތު ދިނެވެ. 

Advertisement

އަދި މިއީ ތިލަދުންމަތީގައި ޤާއިމްވެގެންތިބި ކޮންމެވެސް ވެރިކަމެއްގެ މައި މަރުކަޒަށް ވެދާނެ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.

+1
1
+1
5
+1
1
+1
3
+1
1
+1
3
+1
1

Advertisement

ގުޅުންހުރި ލިޔުންތައް