Advertisement
header ad
XeeTimesXeeTimes
ކުޑަކުދިންގެ ވާހަކަ: ފޮތާއި މޯބައިލް ފޯން، އިލްމު އުފުލާ ސަވާރީ ހާދިސާ

ކުޑަކުދިންގެ ވާހަކަ: ފޮތާއި މޯބައިލް ފޯން، އިލްމު އުފުލާ ސަވާރީ

ގެއެއްގެ ކޮޓަރިއެއްގައި އެކުގައި ދިރިއުޅެމުންދިޔަ މޯބައިލް ފޯނަކާއި ފޮތެކެވެ.

މޯބައިލް ފޯނު އަބަދުމެ ފަހުރުވެރިކަމާއި އެކު ބުނަމުން ދަނީ އޭނާގެ ބޭނުން އެގޭގައި ދިރިއުޅޭ ކުދިން ބޭނުންކުރާ ވާހަކަ އެވެ. މިކަމާ މޯބައިލް ފޯން އޮންނަނީ ހަމަ ހީލަ ހީލަ އެވެ. މޯބައިލް ފޯނު ބުނަމުން ގެންދަނީ އެންމެންވެސް ލޯބި ވަނީ އޭނާ ދެކެ ކަމަށެވެ.

އަބަދުމެ މިވާހަކަ ދައްކާ ފޮތް ހިތްދަތި ކުރެއެވެ. ނަމަވެސް ފޮތް މޯބައިލް ފޯނަށް ޖަވާބު ދެމުން ގެންދަނީ ވިސްނުންތެރިކަމާއެކު ގައެވެ. ފޮތް އިސްކުރަނީ އޯގާތެރި ކަމެވެ. ބޮޑާކަމާއި ކިބުރުވެރިކަން ފޮތަކު ނުހުރެއެވެ. ފޮތަށް ވިސްނެއެވެ.

Article - in content
Advertisement

މޯބައިލް ފޯނު އުފަން ނުވާއިރު ވެސް ފޮތް ދުނިޔޭގައި އުޅެ އެވެ. އެންމެ ފުރަތަަމަވެސް މީހުން އިލްމު ހޯދުމަށް ބޭނުން ކުރީ ފޮތެވެ.

ފޮތުގެ ބޭނުން ކުޑައެއް ނޫނެވެ. ފޮތް ހިތުން ކިޔާލަ ކިޔާލަ އޮތެވެ.

މޯބައިލް ފޯނު އޮވެ ފޮތުގެ ބޭނުން މިހާރު މީހުން ނުހިފާކަން ވިސްނައިދޭން މަސައްކަތް ކުރި އެވެ.

މިހެން ފޯނުގެ ފޮނިކަމާއި ބޮޑާ ކަމުގައި އުޅެނިކޮށް މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ. މޯބައިލް ފޯނުގެ ޗާރޖް ހުސްވެއްޖެ އެވެ. ކުދިވެރިން ފޫހި ވާން ފަށައިފިއެވެ.

އެއް ކުއްޖަކު ބުންޏެވެ. އަހަރެމެން ފޮތް ނުކިޔާ އުޅެނީ މި ފޯނާއި ހެދިގެންނެވެ. އަސްލު ފޮތުން ވަރަށް ގިނަ މައުލޫމާތު ލިބޭ މެއެވެ. އިލްމު ހޯދުމަށް ފޮތަކީ އެންމެ ބޮޑު އެކުވެރިޔާ އެވެ. ފޮތުގައި އަޑެއް ނެތެވެ. ނަމަވެސް އިހުސާސްތައް އޭގެ އެންމެ މަތީ ދަރަޖައަށް ފޮތުން ދަސްވެ އެވެ.

ކުދިންގެ ވާހަކަތައް އަޑުއަހަން މޯބައިލް ފޯނު ހިތްދަތިކަމާއި އެކު އޮތެވެ.

ދެދުވަސް ވީއިރުވެސް އެރަށުގެ ކަރަންޓުގެ މައްސަލަ ރަނގަޅެއް ނުވިއެވެ. މޯބައިލް ފޯނުގެ ހަކަތައެއް ނެތެވެ. އަލިކަން ވަނީ ފަނޑުވެފަ އެވެ. މޭޒުމައްޗަށް އެއްލާލި ގޮތަށް އަތްލާނެ މީހަކު ވެސް ނުވެއެވެ. އިރުކޮޅެއް ކުރިން ކެނޑި ފޮނިބައިސާ ހުސްވެއްޖެ އެވެ. އަތްލާނެ މީހަކު ނެތްތާ ބަލާލާނެ މީހަކު ވެސް ނެތެވެ.

ކުދިން މޯބައިލް ފޯނު މަތިން ހަނދާނެއް ނެތުނެވެ.

ވާނީވެސް އެހެންތާއެވެ. މޯބައިލް ފޯނުގެ ބޭނުން ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑެވެ.

ފޮތުގެ ބޭނުން ކުރަން މާ އުނދަގުލެއް ނުވާނެ އެވެ.

އެކުދިން އެކުގައި ފޮތްކިޔުމުގެ އާދަ ހަރުލެއްވި އެވެ.

ކުދިންގެ އުޅުމަށް އިސާހިތަކު ހެޔޮބަދަލުތައް އަންނަން ފެށިއެވެ.

ކުދިންނަށް ވިސްނިއްޖެއެވެ.

މޯބައިލް ފޯނަށް ވުރެ ފޮތުގެ ބޭނުން ބޮޑެވެ.

މޯބައިލް ފޯނުގެ ބޭނުން ކެނޑި ފޮތުގެ ބޭނުން އެ ކުދިން ހިފާ މަންޒަރު ފެނިފައި މޯބައިލް ފޯނު ހިތާމަ ކުރި އެވެ. ނަމަވެސް ފޮތް ބުނަމުން ދިޔައީ ތިޔަ ކަމާ ހިތާމަ ނުކުރުމަށެވެ. ސަބަބަކީ ފޮތަކީ އިލްމު އުފުލާ ސަވާރީ އެވެ. މޯބައިލް ފޯނު އުފެއްދުމުގެ އިލްމު ވެސް ލިޔެފައި ވަނީ ފޮތުގައެވެ.

މޯބައިލް ފޯނަށް ވިސްނިއްޖެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —