Advertisement
header ad
XeeTimesXeeTimes
ބޮލުން ފެށިގެން ފަޔަށް ލޯބިވާށެވެ! ހާދިސާ

ބޮލުން ފެށިގެން ފަޔަށް ލޯބިވާށެވެ!

ތިބާ ދުނިޔޭގައި ތިޔަ ދިރިއުޅޭ ސަވާރީ އަކީ ތިބާ ގެ ޖިސްމެވެ. ޖިސްމު އުފުލާ ސަވާރީ އަކީ ތިބާ ގެ ރީތި ހަށިގަނޑެވެ.

ލޯބިވާނީ ވެސް އަޅާލާނީ ވެސް ހަމަ ތިބާ އެވެ. ޖިސްމުގެ ތެރޭގައި ވި ރިވެތި އިންސާނީ ނަފުސެވެ.

ނަފުސުގެ ތެރޭގައި ތިޔަވާ ރޫހުން ބޮލުން ފެށިގެން ފަޔަށް ލޯބިވާށެވެ. އެއީ ތިބާގެ ޖިސްމެވެ.

Article - in content
Advertisement

ވަކި ވަކިން ހުރިހާ ގުނަވަނެއް ހިސާބު ކުރާށެވެ. އަޅާލެވުނު ވަރު ހިސާބު ކުރާށެވެ.

ތިބާގެ ފައިތިލަ އެއީ އެންމެ މަދުން އަޅާލާ ގުނަވަން ނަމަ ތިބާ އަށް ފައިތިލަ ކޮށްދޭ މަސައްކަތްތައް ބަލާށެވެ. ތިބާގެ މިނިވަންކަން ދެމެހެއްޓުމަށް ބޮޑު ހިއްސާ އެއް ފައިތިލަ އަދާ ކުރެ އެވެ.

ނަމަވެސް ފައިތިލާގެ ސިއްހަތު ބެލެހެއްޓުނު ހެއްޔެވެ. ފައިތިލަ އެހުރީ ތިބާ އަޅާ ނުލުމުގެ ސަބަބުން ހިރަފުސް އަރާ ކަޅުވެ ފުންނާބު ކަނޑައިގެން ވެސް ގޮއްސަ އެވެ. ފައިތިލަ އަށް ކޮންމެ ދުވަހަކު ބަލާލުމަށް ވަގުތު ކޮޅެއް ހޯދާށެވެ.

ހަށިގަނޑު ވެސް ފައިދާ ނެރޭ ވިޔަފާރި އެއް ފަދަ އެވެ. ވިޔަފާރި ވެސް ރަނގަޅަށް ނުބަލާ ބަހައްޓާ ނަމަ ފައިދާ އެއް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ވަގުތު ތިބާ އެކަމަށް ހޭދަކުރާ ވަރުން މަދު ރުފިޔާކޮޅަކުން އުފެއްދި ވިޔަފާރި ފައިސާގެ ބޮޑު ކިއްލާ އަކަށް ހެދީމު ނޫންހެއްޔެވެ.

ތިބާ ޖިސްމު ނުވަތަ ހަށިގަނޑު ވެސް އެފަދަ އެވެ.

ކޮންމެ ގުނަވަނަކަށް ވެސް އަޅާލުން މުހިންމެވެ.

ތިބާ އަށް އަހުރެން މި ބުނެދޭ ބަސް ފަހުމު ވޭހެއްޔެވެ.

ބޮލަށް، ލޮލަށް، އަތަށް، ހަމަށް، މިހެން ގޮސް ހަމަ އެންމެހާ ގުނަވަންތަކަށް ވެސް އެންމެ މަތީ ދަރަޖައަށް އަޅާލާ ލޯބި ދޭށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —