Advertisement
header ad
XeeTimesXeeTimes
ކުޑަކުދިންގެ ވާހަކަ: ފަރުބަދައާއި ފެންގަނޑު ހާދިސާ

ކުޑަކުދިންގެ ވާހަކަ: ފަރުބަދައާއި ފެންގަނޑު

ދާދި ގާތް ގާތުގައި ދިރިއުޅެމުން ދިޔަ ފަރުބަދަ އަކާއި ފެންގަނޑެކެވެ. އެތަކެއް ޒަމާނެއްވީ ދެ އެކުވެރިންނެވެ.

އެއްދުވަހަކު ފަރުބަދަ ފެންގަނޑަށް ބުންޏެވެ. ތިޔައީ ހާދަހާ ބޭނުންތައް ކުޑަ އެއްޗެއް ދޯ އެވެ. އެކަމަކު އަހަރެން މިއީ ކިހާ ބޮޑު ބޭނުންތަކެއް މީހުންނަށް ކޮށްދޭ އެއްޗެއް ހެއްޔެވެ. މުޅި ބިންގަނޑު ހިފެހެއްޓުމަށް އަހަރެން މިވަނީ އެތައް ސަރަހައްދަކަށް ފެތުރިފައެވެ. ދުނިޔޭގެ އެންމެ މައްޗަށް އަރާ ބަލާލުމަށް އަހަރެންގެ ބުރަކަށި ފުދެއެވެ. ހިތްގައިމު މަންޒަރުތައް ފެންނަނީ އަހަރެންގެ ވަށައިގެން ފީނާލުމުންނެވެ.

ނަމަވެސް ފެންގަނޑުގެ މާ ބޮޑު ބޭނުންތަކެއް އެބައޮތް ހެއްޔެވެ. ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ފެންގަނޑަށް އެރި ހަޑި ކުރެއެވެ. ވަށައިގެން ތިޔަ ވަނީ ކުނިއަޅާ މުޅިން ތަޣައްޔަރު ވެފައެވެ.

Article - in content
Advertisement

އެހެންނޫނަސް އަދި ތިޔައީ ހާދަހާ އަހަރެންނާ އަޅާބަލާއިރު ސައިޒުން ކުޑަ އެއްޗެކެވެ.

ތިބާ އަޅެފަހެ އަހަރެންނާއި މެދު ފަހުރުވެރިއެއް ނުވޭހެއްޔެވެ.

ފެންގަނޑު ބުންޏެވެ. އަހަރެންގެ ބޭނުން ހިފައިގެން މިތާ ދިރިއުޅޭ މީހުންގެ އުފާވެރިކަން ނުދެކެން ހެއްޔެވެ.

އެމީހުން ކޮންމެ ދުވަހަކު އެތަކެއް ފަހަރު އަހަރެންގެ ގާތަށް ޒިޔާރަތް ކުރެއެވެ. އުފާވެރިކަން ހޯދައެވެ. މިތާ ވަށައިގެން ވި ރީތި ފެހި ގަސްތަކުގެ އުފާވެރިކަން ދެކިބަލާށެވެ. އެއީ ހަމަ މި ކުޑަ ފެންގަނޑުން ލިބޭ ފައިދާތައް ނޫންހެއްޔެވެ.

މި ދެއެކުވެރިން މި ސައްލާގައި ތިއްބާ ބޯ ވާރޭގެ ވަގުތު ޖެހިއްޖެ އެވެ. މެދުކެނޑުމެއްނެތި ވާރޭގެ އަސަރު ދެ އެކުވެރިން ވެސް ބަލަމުން ދިޔަ އެވެ.

އިސާހިތަކު ފެންގަނޑުގެ ސައިޒު ބޮޑުވެ ފަރުބަދައިގެ އެންމެ ކުރިއަށް އަރައިފި އެވެ.

މީސްތަކުން އެކި ރާގު ރާގުގެ ވާހަކަތައް ފަތުރަން ފަށައިފިއެވެ.

ދެ އެކުވެރިންގެ ސައިޒަށް އަޅާ ކިޔަން ފަށައިފިއެވެ.

ފަރުބަދަ އާއި އެއްވަރަށް ފެންގަނޑު ބޮޑުވި ވާހަކަ އެންމެން ކިޔާ އަޑު ފަރުބަދަ އެހި އެވެ.

ފެންގަނޑު ބުންޏެވެ. އެއްވެސް އެއްޗަކީ ބޭނުން ކުޑަ އެއްޗެއް ނޫނެވެ.

ކޮންމެ އެއްޗެއްވެސް އޭގެ ގޮތުގައި ތަފާތު ވާނެއެވެ.

ފަރުބަދަ އަށް ވިސްނިއްޖެއެވެ. އެއްވެސް އެއްޗަކީ ބޭކާރު އެއްޗެއް ނޫންކަމެވެ. އަދި ހަމަ ކޮންމެ ހިނދެއްގައި ވެސް ހާލަތު ބަދަލުވެ ސައިޒު ވެސް ބަދަލުވުމަކީ އެކަށީގެންވާ ކަމެއްކަން ފަރުބަދަ އަށް ވިސްނިއްޖެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —