May 21, 2024 01:16
Advertisement

-Advertisement-

ފޮޓޯ: އަހުމަދު ޢަލީ

ތާރީޚް: ކެޑޭރެ މިސްކިތް

ކެޑޭރެ މިސްކިތަކީ ފުވައްމުލަކުސިޓީގެ ވަރަށް އާސާރީ މިސްކިތެކެވެ. މިމިސްކިތަކީ 1550މ. ވަނަ އަހަރު ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު 1555މ. ވަނަ އަހަރު އާބާދުވިއިރު ބިނާކުރެވުނު މިސްކިތެއް ކަމުގައި ބުނެއުޅެއެވެ.

ފުވައްމުލައް އަލުން އާބާދުކުރެއްވުމަށް ލ.އަތޮޅުން ވަޑައިގަތް ބޭފުޅުންގެތެރޭޭގައި ހިމެނޭ ޢަލީ އަޑަފިކަލޭގެފާނު ބިނާކުރެއްވި މިމިސްކިތަކީ އާނުކަނޑައިގެން ނުވަތަ ވެލިގަލުން ބިނާކޮށްފައިވާ މިސްކިތެކެވެ.

މިމިސްކިތުު ކައިރީގައި ހުރި ވެވުގެ އެތެރެއަށް ފަސްއެޅުމަށްފަހު ވަނީ އެތެރޭގައި ފެންވަޅެއް ބަހައްޓާފައެވެ.

Advertisement

ކެޑޭރެ މިސްކިތުގެ ޤަބުރުސްތާނުގައި 40 ޙާފިޒުން ފަސްދާނުލެވިފައިވާކަމަށް ބުނެވެއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ ކަމުގައި ބުނެވޭ ފުވައްމުލަކު ގަލްއަޑިގެދަރި ދޮންސިއްތީބޫ ފަސްދާނު ވެވިފައިވަނީވެސް މިމިސްކިތު ޤަބުރުސްތާނުގައެވެ.

+1
0
+1
2
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް