May 3, 2024 20:03
Advertisement

-Advertisement-

ޤައުމީ ދިދައާއި ޤައުމީ ޖޯޝުން އުފާވެރިކަމުގެ މަރުހަބާއެއް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް!

އާޓިފިޝަލް ބީޗުގެ މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. ބުނާކަހަލައެވެ. ތާއީދު ކުރި ކެންޑިޑޭޓް ހޮވުނީއެވެ. އުންމީދާއި ޖޯޝުން ފުރިފައިވާ އެ މާހައުލަށް އިތުރު އުފާވެރިކަމެއް ގެނެސްދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަތުމާއެކުއެވެ. މުޅިސަރަހައްދު ގުގުމައިގެން ދިޔައީ އަތްތިލަބަޑީގެ އަޑުންނެވެ. ނައިބުރައީސްގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މެންބަރުކަމަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅުދައްކަވަނީ

'ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުހަބާ' މި ނަމުގައި ބޭއްވި ބައްދަލުވުމުގައި ފޯރިއާއެކު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާތިބެ އަމަލީ ގޮތުން މަސައްކަތްކުރާތަން ކަމަށެވެ.

" މި ޓީމު ނުނިދާނެ. މި ދަންނަވަނީ އަމަލީގޮތުން ނުނިދާ ވާހަކައެއް ނޫން. މަސައްކަތުގައި ދެން ތިބޭނީ. ރައްޔިތުން އެދޭ މިންވަރުގައި އެ ގިއަރުގައި އެމަތީ ސްޕީޑުގައި މަސައްކަތްކުރުމުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޤައުމުގައި ހަމަޖެހުން ހުރިހާ މާނައެއްގައި ޤާއިމްކޮށް ރައްޔިތުން އެދޭ ތަރައްޤީ ހުރިހާމާނައެއްގައި ގެނެސްދިނުމަށް ދެން ދާނީ ބާރު ސްޕީޑުގައި". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ސިޔާސީ ލީޑަރުންނާއި އެންމެން އެކުވެރިކަމާއެކު އަތުކުރި އޮޅާލައިގެން ކުރިއަށްދާން އެދިވަޑައިގެންފައެވެ.

Advertisement

" އަޅުގަނޑު އެދެނީ މިހާރު ދެން ޚިޔާލު ތަފާތުވުންތައް ދޫކޮށްލަން. އިންތިޚާބު މި ނިމުނީ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އުފަލާއެކީ ގޮވާލަން ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށްދާން. މިގައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޤައުމު. އެހެންވުމުން ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރިއޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންނަށް ލިބޭނީ އޭގައިން އުފާވެރިކަން. އަޅުގަނޑު ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަވާނެ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް އެއިން ކޮންމެ ރައްޔިތަކަށް އަޅުގަނޑު ހިތުގައި އޮތީ ލޯތްބާއި ޤަދަރު". ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުހަބާ' ފޮޓޯ: ސޯޝަލްމީޑިއާ'

ހަވާއެރުވުމާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެން ފެނިގެންދިޔައީ ދާއިރާތަކުގެ އިންތިޚާބީ މެންބަރުންނާއެކު އެދާއިރާގެ ރައްޔިތުން ފޮޓޯނަގައި ވާހަކަދައްކާ ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކުރި މަންޒަރެވެ. ޤައުމީ ދިދަ ހިފައިގެން މަރުހަބާކިޔަން ތިބިއިރު މި ބައްދަލުވުން ނިންމާލީ ޤައުމީ ސަލާމުންނެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް