April 23, 2026 16:38
Advertisement

-Advertisement-

ޑޮލަރުގެ އެހީއަށް އެދިފައިވާ ވިޔަފާރިތަކަށް ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި- ބީއެމްއެލް

ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ދަނީ މެދުނުކެނޑި ޑޮލަރު ވިއްކަމުންކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތު ދީފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މިމަހުގެތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ވާނީ ޑޮލަރު ވިއްކާފައިކަމަށާއި، މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައި ނެތްކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.

" އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ ޢަދަދު ބޭންކުން ނުދެވުން އެކަށީގެންވޭ. ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައި. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެއް. މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވޭ". ބީއެމްއެލް

Advertisement

އަދަދު ނޫހުން ޝާއިޢުކޮށްފައިވާ ޚަބަރު ދޮގުކޮށް ބޭންކުން ނެރުނު ބަޔާނުގައި ވަނީ، ބޭންކުގެ ކަސްޓަމަރުންނާއި ބެހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ސައްޙަ މަޢުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މަޢުލޫމާތުތައްކަމަށާއި އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއިމެދު ވަރަށް ހިތާމަކުރާ ކަމެއްކަމަށް ހާމަކޮށްފައެވެ.

" ބޭންކުން މިއަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން. އަދި މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ދަނީ ފޯރުކޮށްދެމުން". ބީއެމްއެލްއިން މައުލޫމާތު ދިނެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް