April 23, 2026 16:40
Advertisement

-Advertisement-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކަށް ވަގުތީގޮތުން ބަދަލުގެނެސްފި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 23 އޭޕްރީލް 2026 އިން 30 އޭޕްރީލް 2026ގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 05:00 އާއި ހަމައަށް އެއާޕޯޓުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތްކުރިއަށްދާ ވަގުތުތަކުގައި ގެންނަ ބަދަލުތައް:

ޓެކްސީ: ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ، ޓަރމިނަލް 1 ގެ ޑިޕާޗަރ ގޭޓް 1 އަދި ގޭޓް 2 އަށެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓަރމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ.

Advertisement

އެމްޓީސީސީ ބަސް: އެމްޓީސީސީގެ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލު ޕާކިންގ ބަސްހުއްޓިއަށެވެ.

އެމްއޭސީއެލް އިންޓާނަލް ބަސް: އިންޓާނަލް ބަސް ރޫޓު 1 (އޭޓީސީ އިން އަންނަ ބަސް)ގެ ދަތުރުތައް ނިންމާލާނީ ޓަރމިނަލް 1 ގެ ޑިޕާޗަރ ގޭޓަށެވެ. އަދި ވޯޓަރ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް (ރޫޓު 2) ފަށާނީ ޓަރމިނަލް 2 ކުރިމަތީ ބުރު ކައިރިންނެވެ.

މި ބަދަލާއިއެކު އެއާޕޯޓުގެ އެއްވެސް ބަސް ޝެޑިއުލަކަށް ބަދަލު ނައަންނާނެއެވެ. އަދި ބަސް ރޫޓު ބަދަލުވާނީ ހަމައެކަނި ދަންވަރު 00:00 އިން ފަތިހު 05:00 އަށް ކަމުގައިވާތީ މި ގެނައި ބަދަލަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް