May 10, 2024 03:59
Advertisement

-Advertisement-

ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ ބުޅަލުގެ ވާހަކަ

ޖަނަވާރުންގެ ތެރެއިން ބުޅަލަކީ ވަރަށް ގިނަ މީހުން ޕެޓެއްގެ ގޮތުގައި ގެންގުޅޭ އެއްޗެކެވެ. އަމިއްލަ ދަރިންނަށްދޭ ފަދަ ލޯތްބެއް ދީގެން ބުޅާ ގެންގުޅޭ މީހުން މަދެއް ނޫނެވެ. ބުޅަލަށް ވަކިން ކާއެއްޗެހި ގަނެ ނިދާނެ ކޮޓަރިވެސް ހަދައިގެން ކުޅޭ އެއްޗެހި ގަނެދީގެން ވަރަށް ލޯބިން ގެންގުޅޭ މީހުން އުޅެއެވެ. ރާއްޖޭގައިވެސް މިހާރަކަށް އައިސް ބުޅާ ގެންގުޅޭ މީހުން ވަރަށް ގިނައެވެ.

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ބުޅަލަކީ ޔޫކޭ ގައި ދިރިއުޅޭ އުމުރުން 27 އަހަރުގެ 'ފްލޮސީ' އެވެ.

ފްލޮސީ އަކީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ އެންމެ ގިނަ ދުވަސްވަންދެން ދިރިހުރި ބުޅަލެވެ. މިއީ ވަރަށް ލޯބި ވަރަށް މަޖާ ކުރާހިތްވާ ބުޅަލެކެވެ. މިބުޅަލަކީ 2005 ވަނަ އަހަރު ލިވަޕޫލް ހޮސްޕިޓަލުގައި މަސައްކަތްކުރި ބަޔަކު އެޑޮޕްޓްކޮށްގެން ގެންގުޅުނު ބުޅަލެކެވެ. އޭރު ފްލޮސީ ބެލެހެއްޓި މީހުންނާއެކު 10 އަހަރު ހޭދަކުރުމަށްފަހު އެމީހުން ނިޔާވުމުން އެމީހުންގެ ދައްތަ 14 އަހަރުވަންދެން ފްލޮސީ ބެލެހެއްޓި އެވެ.

Advertisement

ވަރަށް ގިނަ މީހުން މި ބުޅާ ބެލެހެއްޓި ކަމުގައި ރެކޯޑް ތަކުން އެނގެއެވެ. އެންމެ ފަހުން ބެލި ވެރިމީހާ ފްލޮސީ ހަވާލުކުރީ "ކެޓް ޕްރޮޓެކްޝަން" ސެންޓަރާ އެވެ. އެއީ އޭނާއަށް އުދަގޫވި ކަމަކަށްވިޔަސް އެކަން ކުރަންޖެހުނީ ބުޅަލުގެ އުމުރު އެހާ ދޮށިވުމުން ކުރިން ދޭންވާ އަޅާލުމަށްވުރެ ގިނަ ވަގުތު ދޭންޖެހި އެވަގުތު ނުދެވޭތީއެވެ. އެކަމާ ވަރަށް ދެރަވި ކަމުގައި ފާހަގަކުރިއެވެ. އުމުރުން ދުވަސްވެފައި ތިބޭ ބުޅާ އެޑޮޕްޓް ކުރާނެ މީހަކު ލިބުމަކީ ވަރަށް އުއްމީދު ކުޑަކަމެއް ކަމުގައި އޭރު ފްލޮސީ ބެލެހެއްޓި މީހާ ބުނެއެވެ. އެހެންނަމަވެސް މިހާރު ފްލޮސީ ދިރިއުޅެނީ ވިކީ ކިޔާ މީހެއްގެ ލޯތްބާއި އަޅާލުން ލިބި އުފަލުގައެވެ. 

ވިކީ ބުނާގޮތުގައި ފްލޮސީ އަކީ ވަރަށް ތަފާތު ބުޅަލެކެވެ. " ފްލޮސީގެ ލޮލަށް ނުފެނޭ. ވަރަށް އަޑުވެސް ގަދަ ކުރާނެ ރޭގަނޑު" އެއީ އާތަނަކަށް އާދެވުމުންނާއި އަނދިރިވުމުން ކަމުގައި ވިކީ ފާހަގަ ކުރިއެވެ. ވިކީ އަކީ އުމުރުން ދުވަސްވީ ބުޅާ ގެންގުޅުމުގައި ތަޖުރިބާ ހުރި މީހެކެވެ. ބުޅާ ބޭނުންވަނީ ވިކީ ގާތު އެނދުމަތީގައި ވަރަށް ލޯބިން އޮވެ ނިދާލާށެވެ.

އެޑޮޕްޓް މިކުރެވުނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިފައިވާ ބުޅަލެއް ކަމެއް ކުރިން ވިކީ އަށް ނޭނގެއެވެ. އެކަމަށްޓަކައި ވިކީ ވަރަށް ފަޚުރުވެރިވާ ކަމުގައިވެސް ވެއެވެ. ފްލޮސީއަށް އުފާވެރި ދުވަސްތަކަކަށް އެދޭ ކަމުގައި ވިކީ ބުނެއެވެ.

 

މައުލޫމާތު: ކިޑްސް ޖީނިއަސް ވަރލްޑް ރެކޯޑް

+1
2
+1
0
+1
3
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް