May 10, 2024 10:48
Advertisement

-Advertisement-

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ޔުނިވަރސިޓީ

ދުނިޔޭގެ އެކި ގައުމުތަކުން ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު މޮޅެތި ޔުނިވަރސިޓީ ތަކުން މަތީ ފާސްތައް ނަގައިގެން ރަންވަނަތައް ހާސިލު ކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ އެތައް ދަރިވަރުންނެއް ފެނެއެވެ. ރާއްޖޭގައިވެސް ތައުލީމު ހާސިލުކުރުމަށް ރަނގަޅު ކޮލެޖުތަކާއި ޔުނިވަރސިޓީތައް އެބަހުއްޓެވެ.

ދުނިޔޭގައި އެންމެ ގިނަދުވަސްވީ ޔުނިވަރސިޓީ އަށް ޒިޔާރަތް ކުރުމުގެ ފަޚުރު ލިބިއްޖެނަމަ އެތަނަށް ޒިޔާރަތްކުރުމަށް ބޭނުންވާނެ އެތައް ބަޔަކު އުޅޭނެއެވެ. "ދަ ޔުނިވަރސިޓީ އޮފް އަލް ގަރަވިޔީން" އަކީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އެއް ޔުނިވަރސިޓީ އެވެ. މޮރޮކޯގެ ފެޒްގައި ހުންނަ މިތަނަކީ 859 ވަނަ އަހަރު އުފެއްދި ތަނެކެވެ. މިތަނުގެ ފައުންޑަރ އަކީ ފާތިމާ އަލް ފިހުރީއެވެ.

މިތަނަކީ އެންމެ ފުރަތަމަ މިސްކިތެއް ހުރި މަރުކަޒެކެވެ. 857 ވަނަ އަހަރު މިސްކިތެއްގެ ގޮތުގައި ހިންގި މިތަން ޔުނިވަރސިޓީއަކަށް ބަދަލުކުރީ ފާތިމާގެ ބައްޕަ ނިޔާވުމުން ބައްޕަގެ ވާރުތަ މުދަލުން ލިބުނު ފައިސާއިންނެވެ. މިތަނަކީ ދުނިޔޭގައި އެންމެ ފުރަތަމަ އަލަށް ޑިގްރީ ސެޓްފިކެޓަށް ކިޔަވައިދޭން ފެށުނު ޔުނިވަރސިޓީވެސް މެއެވެ. މިތަނަކީ ފުރަތަމަ މަދަރުސާއެއްގެ ގޮތަށް ހިންގަމުން އައިސް އިސްލާމިކް ސްކޫލަކަށް ބަދަލުކުރުމަށްފަހު ޔުނިވަރސިޓީއަކަށް ބަދަލު ކުރެވި މިހާރުވެސް ހިންގަމުން އަންނަ ޔުނިވަރސިޓީ އެކެވެ.

Advertisement

ފަހުގެ ޒަމާނީގޮތަށް މިތަނުގައި ކިޔަވައިދޭން ފެށުނީ 1963 ވަނައަހަރުން ފެށިގެންނެވެ. މިތަނުގައި ފުރަތަމަ ކިޔަވައިދޭން ފެށީ ދީނާއި ގުޅޭ ކަންކަމެވެ. އަރަބި ބަހާއި އޭގެ ތަޖުވީދު އަދި ގަވާއިދުތައްވެސް ކިޔަވައިދޭން ފެށުނެވެ. އެއަށްފަހު ލީގަލް ސައިންސް ކިޔަވައިދޭން ފެށުނެވެ.

މިއީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީގެ ނަން ލިބި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިފައިވާ ތަނެކެވެ. މިތަނުގެ ރީތި ކަމާއި ޝާހީކަންވެސް ވަކިން ފުރިހަމަވެފައި ޗާލެވެ. މިތަނުގައި އުގަންނައިދޭ ރީތި އާދަކާދައާއި އިސްލާމީ ރިވެތިގޮތްތައްވެސް އެހާމެ ފުރިހަމައެވެ.

+1
0
+1
3
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް