Advertisement
header ad
XeeTimesXeeTimes
ފައިދާހުރި ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ސެލެޑް ދެވިދާނެ ގޮތެއް! ބަދިގެ

ފައިދާހުރި ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ސެލެޑް ދެވިދާނެ ގޮތެއް!

  • ފެހިކަން ގަދަ ފަތެއް

ސްޕިނެޗް ނުވަތަ ލެޓިއުސް ކުދިކޮށް ކޮށާލުމަށްފަހު ތައްޓަށް އަޅާށެވެ.

  • ޕްރޮޓީން

ކުކުޅުމަސް އަދި ކުކުޅުބިސް ކައްކާފައި ކޮށާލުމަށްފަހު ތަށީގެ އެއްކައިރީގައި ބަހައްޓާށެވެ.

  • ޗީޒް

ދަރިފުޅަށް އެންމެ ކަމުދާވައްތަރެއްގެ ޗީޒް ވެސް ހިމަނާށެވެ.

Article - in content
Advertisement
  • މޭވާ

ސްޓްރޯބެރީ، އަނބު ނުވަތަ އާފަލު ފަދަ މޭވާއެއް ދަރިފުޅަށް ކާން ފަސޭހަވާނެގޮތަށް ކޮށާފަ ބަހައްޓާށެވެ.

  • ކިއުކަންބާ

ދަރިފުޅަށް ކާން ފަސޭހަވާނެގޮތަށް ކިއުކަންބާގެ ތޮށި މެށުމަށްފަހު ކުދިކޮށް ކޮށާށެވެ.

މިހުރިހާ ބާވަތެއް އެއްކުރުމަށްފަހު ވެސް ދެވިދާނެއެވެ. ނޫނީ ތަށީގެ ވަށައިގެން ކުޑަދަރިފުޅު ގަޔާވާނެގޮތަށް އަތުރާލުމަށްފަހު ވެސް ދެވިދާނެއެވެ. ފައިދާހުރި ކާނާގެ ބާވަތްތައް ދަރިފުޅުގެ ކެއުމުގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިބާވަތްތައް ދަރިފުޅު އަމިއްލައަށް ކާއިރު ކައިރީގައި މީހަކު ހުރެ މިފަދަ ބާވަތްތަކުން ލިބިދޭ ފައިދާތައް ކިޔައިދީ ދަރިފުޅު އިތުރަށް ކެއުމަށް ޝައުގުވެރި ކުރެވިދާނެއެވެ. ނޫނީ މިފަދަ ބާވަތްތަކާ ގުޅޭ ފޮތެއްވެސް ކާގަޑީގައި ކިޔާދެވިދާނެއެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —