May 20, 2024 20:02
Advertisement

-Advertisement-

އަޖައިބުކުރުވަނިވި ތަފާތު ރީތި މިއުޒިއަމެއް

ދުނިޔޭގެ ރީތި ތަންތަނުގެ ވާހަކައާއި ދުނިޔޭގެ ހަތް އަޖައިބުގެ ވާހަކަ ތަކަކީ އަލަށް އިވޭ ވާހަކަތަކެއް ނޫނެވެ. ނަމަވެސް މިތަންތަނުގެ ރީތިކަން އިހްސާސް ކުރެވެނީ އަމިއްލަ ލޮލަށް ފެނި އެތަންތަނަށް ޒިޔާރަތް ކުރުމުގެ ނަސީބު ލިބިފައިވާ މީހުންނަށެވެ. ދުނިޔޭގެ ރީތި ތަންތަނުގެ ތެރެއިން މިފަހުން މީހުންގެ ސަމާލުކަން ލިބިފައިވާ ދުނިޔޭގެ އެންމެ ރީތި މިއުޒިއަމްތަކުގެ ތެރެއިން 2021 ވަނަ އަހަރު ޗައިނާގެ ޝަންހާއީގެ ލިންގަންގ ނިއު ސިޓީގައި ހަދާފައިވާ އެސްޓްރޮނޮމީ މިއުޒިއަމްއަކީ ފާހަގަކޮށްލެވޭ މިއުޒިއަމެކެވެ.

މިއީ ވަރަށްބޮޑު، ވަރަށް ރީތި، ޖާގައިގެގޮތުން ތަނަވަސްކޮށް ހަދާފައިވާ މިއުޒިއަމެކެވެ. މިތަނުގެ ބޮޑުމިނަކީ 420000 ސްކްޔާފީޓް އެވެ. މިއީ ދުނިޔޭގެ އެންމެބޮޑު މިއުޒިއަމެވެ. 78 ފޫޓޫ ދިގުމިނުގެ ސޯލާ ޓެލެސްކޯޕް އެއް މިތަނުގައި ހުރެއެވެ. ވަށައިގެން ވަށްކޮށް އިންނަ މިމިއުޒިއަމް ބަލާބެލުމަށް ހީވަނީ ސްޕޭސް ޝިޕެއްހެންނެވެ.

މިތަން ޑިޒައިންކޮށްފައިވަނީ ނިއުޔޯކް ސިޓީގެ "އެނަޑް އާކިޓެކްޓެ ތޯމަސް ޖޭމް" އެވެ. މީނާއަކީ 2014 ވަނައަހަރުގެ ދުނިޔޭގެ އެންމެމޮޅު ޑިޒައިނަރެވެ. މިއީ ޝަންހާއީ ސައިންސް އެންޑް ޓެކްނޮލޮޖީގެ ބައެއްގެ ގޮތުގައި ހިމެނިފައިވާ މިއުޒިއަމެކެވެ.

Advertisement

މިތަނަކީ ވަށްކޮށް ހަދާފައިވާ އާދަޔާޚިލާފަށް ރީތި ވަރަށް ތަފާތު ގޮތަކަށް ޑިޒައިންކޮށްފައިވާ މިއުޒިއަމެކެވެ. މިއިމާރާތުން ރަމްޒުކޮށްދެނީ އިރާއި ހަނދާއި ތަރިތަކެވެ.

ދުނިޔެ އޮންނަހެން ވަށްކޮށް ހަދާފައިވާ މިތަނުގައި ހުންނައިރު ރިފްލެކްޓްވެގެން އަންނަ އިރާއި ހަނދާއި ތަރިތައް އިމާރާތުގެ ބޭރުން ދަޅައެޅިލީމައި ފެންނައިރު ހީވަނީ ހަމަ އަސްލުހެންނެވެ. އެހާވެސް ފުރިހަމަވެފައި ރީއްޗެވެ.

ޝަންހާއީ އެސްޓްރޮނޮމީ މިއުޒިއަމްގެ 'އޭރިއަލް ވިއު' ރޭގަނޑު ފެންނަގޮތް. ފޮޓޯ: ގެޓީ އިމޭޖަސް.

މިއިމާރާތުގެ ޗާލުކަމުގެ ވާހަކައާއި އަޖައިބު ކުރުވަނިވި ވާހަކަތަކަކީ ހަމަލޮލަށް ބަލާލުމުން ނޫނީ ނޭނގޭހާވެސް ރީތި މަންޒަރުތަކެކެވެ. އެތެރޭގައި ވަށްބުރެއްގެ ސިފަގައި އޮންނަ ހުސްތަނުގައި ހުންނައިރު އަދި ވަށައިގެން ބިއްލޫރި ޖަހާފައި ހުންނަ ހިސާބުގައި ހުންނައިރު އުޑުމަތި ފެނެއެވެ.

 

މައުލޫމާތު: ނިވްސް އާރޓްނެޓް

+1
0
+1
1
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް