August 7, 2026 03:37
Advertisement

-Advertisement-

ސިފައިންގެ މީހާއާއި ފުލުހުގެ އިތުރަށް ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ކުރަމުން!

ތ މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރި 'ފްރެންޑް 4' ދޯނި ދިޔަވަމުންދާތީ އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފެށީ ރޭގައެވެ. ކަނޑުގަދަވުމުގެ ސަބަބުން މި ދޯނި ސަލާމަތް ނުކުރެވި ވަނީ އަޑިއަށް ގޮސްފައެވެ. މި ސަޕްލައި ދޯނި ދިޔަވަމުންދާ ޚަބަރު އެމްއެންޑީއެފް އަށް ލިބުނީ ރޭގެ 22:37 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އެހެންނަމަވެސް ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައެވެ.

ފުލުހުންގެ މުއައްސަސާއިން މައުލޫމާތުދިންގޮތުގައި މި ހާދިސާގައި ގެއްލިފައިވަނީ، ދޯނީގެ ކެޕްޓަން ތ. މަޑިފުށި ދޮންވެލި މުހައްމަދު ހަމްދޫން 35 އަހަރު އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު އަލީ ނާފިޢު 33 އަހަރު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަހުމަދު 39 އަހަރު އެވެ. 

Advertisement

" ގެއްލިގެން ހޯދަމުންދާ 3 މީހުން ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން. ވައިގެ މަގުން ޔޫއޭވީއާއި، މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުމަގުން އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތް ކުރަމުން". އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެއެވެ.

އެމްއެންޑީއެފްއިން ކުރިން މައުލޫމާތުދިންގޮތުގައި މިއީ ލާމު އަތޮޅުން ފުރައިގެން އައި ދޯންޏެކެވެ. އެހެންނަމަވެސް ފަހުން ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޑިއަށް ދިޔައީ ތ. މަޑިފުށިން ފުރައިގެން އައި ސަޕްލައި ދޯންޏެއް ކަމަށެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް