August 1, 2026 02:52
Advertisement

-Advertisement-

ހުޅަނގުމޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް

ހުޅަނގުމޫސުމުގެ ބާރުގަދަވެ، އިއްޔެ އާއި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ވައިގަދަވުމާއެކު ބޯކޮށް ވަނީ ވާރޭވެހިފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މައުލޫމާތުދޭގޮތުގައި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާއި ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ހުޅުމާލެއަށާއި ބ.ދަރަވަންދޫއަށެވެ. އެއީ 84 މިލިމީޓަރުގެ ވާރޭ އެވެ. އިއްޔެ މެންދަމު 12 އިން ރޭ މެންދަމު 12:00 އާއި ހަމައަށް އާންމުވައި އެންމެ ގަދަވެފައި ވަނީ ގަޑިއަކު 46 މޭލެ ބާރުމިނަށް ލ. ކައްދުއަށެވެ. މި ވިއްސާރައިގައި މިރެއާއި މާދަމާވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައިގަދަވުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭ 7:30 އާއި ހަމައަށް ވަނީ ރީނދޫ އެލާރޓް ނެރެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުން ދާތީ ޚާއްސަ ސަމާލުކަމެއް ދިނުމަށް ގުޅުންހުރި މުއައްސަސާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ފުލުހުން އާންމުކޮށްފައިވާ އާންމު އިލްތިމާސް:

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު މެނުވީ ދަތުރު ނުކުރުމަށް ދަންނަވަން
  • ކޮންމެހެން ދަތުރު ކުރަންޖެހޭ ހާލަތުގައި ސަލާމަތީ ކަންކަން ފުރިހަމަކޯށް ކަމާބެހޭ އިދާރާތަކާ ދަތުރުގެ މައުލޫމާތު ހިއްސާކުރައްވާ

މޫސުން ގޯސްވެ މިއަދު ހެނދުނު ވަނީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގައިފައެވެ. ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށް ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލުމާ ގުޅިގެން ބިދޭސީ 2 މީހަކު ގެއްލިފައިވާއިރު، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި 10 ފަޅުވެރިން ވަނީ ދަތުރުކޮށްފައެވެ. މީގެ ތެރެއިން 8 ފަޅުވެރިއަކު ވަނީ ސަލާމަތްކޮށްފައެވެ. ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް