May 1, 2026 17:41
Advertisement

-Advertisement-

މުސީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައި، ކެތްތެރީންނަށް އޮތީ ސުވަރުގެ- ހުކުރު ޚުޠުބާ

މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްޤަކާނުލައި މެރުމަކީ ހަރާމްކަމެކެވެ. މާތްﷲ މުސީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައެވެ. އެ އިމްތިހާނުން ފާސްވާނީ ކެތްތެރީންނެވެ. މުސީބާތް ޖެހުމުން ކެތްތެރިނުވެ އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވެއެވެ. ކެތްތެރިވާށެވެ. ކެތްތެރީންނަށް މާތްﷲ ވައުދުވެވޮޑިގަންނަވަނީ ސުވަރުގެއެވެ.

އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވެއެވެ. އަހަރެމެންގެ ނަފުސަކީ އަހަރުމެން ބޭނުންގޮތަކަށް އެއާމެދު އަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތްﷲ އެވެ. ނަފުސަކީ އަމާނާތެކެވެ. އަމާނާތަށް ގެއްލުން ދިނުން ހަރާމްވެގެންވެއެވެ.

އަމިއްލަ ނަފުސު ޤަތުލުކުރާ މީހުންނާމެދު މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވެއެވެ. މާނައީ: "އަދި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ ނަފުސު ޤަތުލުކުރި މީހާއަށް ނަރަކައިގައި އެއެއްޗަކުން ޢަޛާބު ދެއްވޭހުއްޓެވެ".

Advertisement

އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވެއެވެ. އެހެންވެ ހަނގާކޮށް ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި މަލާމާތްކޮށް އުޅުން ވަނީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައެވެ.

ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެކެވެ. އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެކެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް