މަސައްކަތް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ރައްޔިތަކު އަމަލީ މައިދާނަށް ނުކުތުމަށް ރައީސް އިލްތިމާސްކުރައްވައިފި

ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި […]

މުސީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައި، ކެތްތެރީންނަށް އޮތީ ސުވަރުގެ- ހުކުރު ޚުޠުބާ

މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްޤަކާނުލައި މެރުމަކީ ހަރާމްކަމެކެވެ. މާތްﷲ މުސީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައެވެ. އެ އިމްތިހާނުން ފާސްވާނީ ކެތްތެރީންނެވެ. މުސީބާތް ޖެހުމުން ކެތްތެރިނުވެ އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވެއެވެ. ކެތްތެރިވާށެވެ. ކެތްތެރީންނަށް މާތްﷲ ވައުދުވެވޮޑިގަންނަވަނީ ސުވަރުގެއެވެ. އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވެއެވެ. އަހަރެމެންގެ ނަފުސަކީ އަހަރުމެން ބޭނުންގޮތަކަށް އެއާމެދު އަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތްﷲ އެވެ. ނަފުސަކީ އަމާނާތެކެވެ. […]