April 23, 2026 19:40
Advertisement

-Advertisement-

ކުޅިވަރަކީ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް- ރައީސް

ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްޙަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް" ގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ. އަދި ކުޅިވަރަކީ، ޤައުމު ތަކުގެ އިންތައް، ފަހަނައަޅައިދާ އެއްޗެއް ކަމުގައެވެ.

" ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކޮރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް. ޒުވާނުންގެ ކިބައިގައި ރިވެތި އަޚްލާޤާއި، ވިލުންތެރިކަމާ، އަދި ގުޅިގެން މަސައްކަތްކުރުމުގެ އާދަޔާ، އިޙްތިރާމްކުރުމުގެ ސިފަ ހަރުލެއްވުމާއެކު ޞިއްޙީގޮތުން ދުޅަހެޔޮ، ހަރުދަނާ ދިރިއުޅުމެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގައި ކުޅިވަރު އަދާކުރާ ދައުރުގެ ސަބަބުން ޤައުމީ ތަރައްޤީއަށް މަގުފަހިވެގެންދޭ" ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސްގެ މެސެޖުގައި، ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތަކަށް ގެންނަމުންދާ ކުރިއެރުމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނެއް ވުޖޫދު ކުރެވުމާ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑެއް ޤާއިމުކުރުމާ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯރޑުގެ ސަބަބުން، މޮޅެތި ކުޅުންތެރިން އުފެދިގެންދިޔުމާ، ކަމަށް ކަމޭހިތުމާއި، ނަތީޖާއާ ހަމަޔަށް ވާސިލުވަންދެން ގަދައަޅާ މަސައްކަތްކުރުމާ، ކާމިޔާބުހޯދުމާއި ހިތްވަރު ލިބިގަތުމުގެ ރޫޙު އާލާ ކުރުމުގެ ސަގާފަތެއް، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި، އުފެދިގެންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުކުޅޭ މުޖުތަމަޢަށް ބޭނުންވާނެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އަރުތަ ސްކޮލަރޝިޕާއި، އަދި މިންތީގެ ތަފާތުކުރުމެއްނެތި، ޤައުމީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްދިނުމަކީ، ސަރުކާރުން އިސްނަންގަވައިގެން ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެނަދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން، އެންމެންގެ ބައިވެރިވުމާއެކު، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުން، ދުޅަހެޔޮ، އެކުވެރި އަދި ކުރިޔަށް ދިޔުމުގެ ރޫޙު އަށަގަނެފައިވާ ވިސްނުމެއްގެ ޒަރީޢާއިން، ޤައުމަށް އިތުރު ކާމިޔާބީއާއި، ހަމަޖެހުން ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް