ކުޅިވަރަކީ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް- ރައީސް

ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްޙަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް" ގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ. އަދި ކުޅިވަރަކީ، ޤައުމު ތަކުގެ އިންތައް، ފަހަނައަޅައިދާ […]