Advertisement
header ad
XeeTimesXeeTimes
ކަނދުވަލު މިސްކިތް: ޕޯޗްގީޒުންގެ ކިބައިން ސަލާމަތްކުރެއްވުމަށް ދުޢާކުރެއްވި މިސްކިތް ތާރީޚް

ކަނދުވަލު މިސްކިތް: ޕޯޗްގީޒުންގެ ކިބައިން ސަލާމަތްކުރެއްވުމަށް ދުޢާކުރެއްވި މިސްކިތް

ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެވުނު ޖިހާދުގައި ނަސްރަށް އެދި ދުޢާކުރެއްވީ ހއ.އުތީމު ކަނދުވަލު މިސްކިތުގައި ކަމަށާއި އަދި މިމިސްކިތުގައި ބޮޑުތަކުރުފާނުގެ ބައްޕާފުޅާއި ކާފާފުޅުގެ މަހާނަ ހުންނަ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

އާޘާރީ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ މިމިސްކިތް ވަނީ ވަރަށްފަހުން މަރާމާތުކޮށްފައެވެ. " މިސްކިތުގައި ހުރި ބެރިތަކުގައި އަޢޫޟު، ބިސްމި، ޝަހާދަތް، ސުވަރުގޭގެ ނަން، ޤުރުއާނުގެ ދެއާޔަތެއް ވަނީ ލިޔެފަ. އުތީމު ކަޅު އަލީ ޚަތީބު ތަކުރުފާނުގެ މަހާނަ ހުރީ މިސްކިތް ކައިރީގައި އުތުރު ފަރާތުގެ ގަބުރުސްތާނުތެރޭގައި. ހުސައިން ޚަތީބު ތަކުރުފާނުގެ މަހާނަ ހުރީ މިސްކިތަށް ވަންނަ ދޮރުގެ ވައަތްފަރާތުގައި. މިމަހާނަ ގަލުގައި ބިސްމިއާއި، ޝަހާދަތް ނޫން އެހެން ލިޔުމެއް ނެތް" ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ލިޔުމުން ދިން މަޢުލޫމާތުގައި ވެއެވެ.

މިމިސްކިތުގެ ދޮރުމަތީގައި ކުޑަ އެހެންނަމަވެސް ފެންފުން ވަޅެއް ހުރެއެވެ. އަދި މިސްކިތުގެ އިރުމަތީގައި ސައްޔިދު ޢަލީ ޒިޔާރަތް ކިޔާތަނެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް މިތާނގައި ހުރި ލިޔުންތައް ކިޔަން ނޭނގޭތީ މިއީ ކޮންބޭފުޅެއްގެ ޒިޔާރަތެއްކަން ސީދާ ބުނަން ނޭނގޭ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —