Advertisement
header ad
XeeTimesXeeTimes
ހާދިސާ: އައްދިއްޔޯއި، މަ ސަލަމާތްކުރޭ ހާދިސާ

ހާދިސާ: އައްދިއްޔޯއި، މަ ސަލަމާތްކުރޭ

މިއީ ޏ.ފުވައްމުލަކުގައި ދިމާވި ހާދިސާ އެކެވެ. ކިޔަވަން އެކީގައި އުޅުނު ކުދިންނާއި އެކު ނުހާ ދިޔައީ އެރަށުގެ އެންމެ ބޮޑު ކުޅި ބަލާށެވެ. އެއިރު ނުހާ އަކީ ފަތަން އެނގޭ ކުއްޖެއް ނޫނެވެ. އެހެން ކުދިންނާއިއެކު ސަކަރާތްޖަހަމުން ކުޅި ކައިރީގައި ހުރި ގަހަކުން މަލެއް ބިދެގެން ދެންދިޔައީ މަސްބަލާށެވެ. އެވަގުތު ކައިރީގައި ހުރި އައިޝާ ބުންޏެވެ. " ނުހާ އަށް އެނގޭތަ މިއީ ފުންމިން ނޭނގޭ ކުޅިއެއް. ކައިރި ނުވާތި. ވެއްޓިއްޖިއްޔާ ކިހިނެއް ސަލާމަތްކުރާނީ"

ފުވައްމުލަކު ކުޅި/ ފޮޓޯ:ޒީޓައިމްސް

ނުހާ ހުރީ ވެއްޓިދާނެތީ ވަރަށް ބިރުންނެވެ. އެހެންނަމެވެސް އެހެން ރަހުމަތްތެރިންނާއި އެކު މަސްތައް ބަލާލުމުގެ ނިޔަތުގައި ކުޅި ކައިރިއަށް ދިޔައެވެ. އެވަގުތު ކައްސާލާފަ ނުހާ އެވެއްޓުނީ ކުޅިއަށެވެ. ބާރަކަށް ގޮވާލެވުނެވެ. އައްދިއްޔޯއި މަ ސަލާމަތްކުރޭ.. ކައިރީގައި ހުރި އައިޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. ނަސީބެކެވެ. މާދުރުނޫން ހިސާބެއްގައި ހުރި އަހުމަދު ދުވެފައައިސް ނުހާ ނެގޭތޯ މަސައްކަތް ކުރިއެވެ. އެމަސައްކަތުގައި އެހީތެރިވެދިނީ އެވަގުތު ކުޅި ކައިރީގައި ތިބި އެހެން ޒުވާނުންތަކެކެވެ. ނުހާ އަށް ހުރީ ބިރުން ރޮވިފައެވެ. އަދި ޝުކުރިއްޔާއޭ ބުނެ އަވަހަށް ގެއަށްދާން ހިނގައިގަތެވެ. އެފަހުން 20 އަހަރު ފާއިތުވީއިރުވެސް ނުހާ އެ ކުޅި ކައިރިއަށް ނުދާކަމަށް މަޢުލޫމާތު ލިބެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —